20 ޖަނަވަރީ 2025 - 10:20 0
ހުކުރު މިސްކިތުން ފެނުނު ތަން ދިރާސާ ކުރަނީ: ދެ ހަފުތާއް ދިރާސާތައް ކުރިއަށްދާނެ -- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
20 ޖަނަވަރީ 2025 - 10:20 0
ކ. ކާށިދޫގައި ކުރިން ބޭނުން ކުރި ހުކުރު މިސްކިތުގެ އަޑިން ފެނުނު ތާރީހީ ތަން ދިރާސާ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އެ ތަން ފެނުނީ ހުކުރު މިސްކިތުގެ މަސައްކަތެއް ކުރަނިކޮށް 2020 ވަނަ އަހަރެވެ. މިސްކިތް ބިނާކޮށްފައި ވަނީ އެތަނުގެ މަތީގަ އެވެ.
އެތަނުގެ ދިރާސާތައް ކުރަނީ ހެރިޓޭޖް މިނިސްޓްރީ އާއި ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާ އާއި މެރިޓައިމް އީސް އޭޝިޔާ ހެރިޓޭޖް އަދި ދިވެހި ބަހުގެ އެކަޑަމީއިންނެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މިސްކިތުގެ އަޑީގައި އޮތީ ބޮޑު ސްޓްރަކްޗާއެކެވެ. މިސްކިތް ހިރިގަލުން ހަދާފައި ހުރި އެ ސްޓްރަކްޗާ މިސްކިތުގެ ބޮޑު ބައި ކަވަރު ކުރެ އެވެ.
އެ ތަން ދިރާސާ ކުރާ ޓީމުން މިހާރު ދަނީ އެ ތަން ކޮނެ، ބައެއް ތަހުލީލުތައް ކުރަމުންނެވެ. ބެލެވޭ ގޮތުގައި އެއީ މިސްކިތެއް ނޫން ނަމަ ބުދުފައްޅިއަކަށްވުން ގާތެވެ.
ރާއްޖޭގެ އެންމެ މުހިންމު އަދި އެންމެ މަޝްހޫރު އެއް ތާރީހީ ސަރަހައްދު ހުންނަނީ ކާށިދޫގަ އެވެ. އެއީ ކުރުހިންނަ ތަރާގަނޑެވެ. ބެލެވޭ ގޮތުގައި އެއީ ރާއްޖޭގައި ބުދިޒަމް އޮތް އިރު، ބުދިސްޓުން އެކަހެރިވާން ބޭނުން ކުރި ތަނެކެވެ.
Comment