14 ޖަނަވަރީ 2025 - 15:20 1
14 ޖަނަވަރީ 2025 - 15:20 1
ތެޔޮ، ގޭސް އަދި ކެމިކަލް ޓޭންކަރުތަކުގައި އާންމު މުދާ އުފުލާ މައްސަލަތަކެއް ފާހަގަވުމުން އެފަދަ ބޯޓުފަހަރުގައި އާންމު މުދާ ނުއުފުލަން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އަންގައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނީ ތެޔޮ، ގޭސް އަދި ކެމިކަލް އުފުލާ ޓޭންކަރުތަކުގައި އާންމު ކާގޯ އުފުލުން އަބަދުވެސް މަނާ ކަމަށެވެ.
"އެހެންކަމުން، ދިވެހިރާއްޖޭއަށް އަންނަ ތެޔޮ ޓޭންކަރުތަކާއި ކެމިކަލް ޓޭންކަރުތަކާއި އަދި ގޭސް ކެރިއަރުތަކުގައި ޖެނެރަލް ކާގޯ ނުއުފުލުމަށް އުޅަނދުފަހަރު އޮޕަރޭޓް ކުރައްވާ ފަރާތްތަކަށާއި ޝިޕިން އެޖެންޓުން އަދި އުޅަނދުގެ ވެރިފަރާތްތަކަށް އަންގާ އިއުލާން ކުރިން،" އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެފަދަ ޓޭންކަރުތަކުގައި އާންމު ކާގޯ އުފުލާ މައްސަލަ މިހާރަކަށް އައިސް ބޮޑުވެފައިވާކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ތެޔޮ އުފުލާ ޓޭންކަރުތަކުގައި ސިނގިރޭޓު ފަދަ މުދާ އުފުލި މައްސަލައެއް މިފަހުން ވެސް ވަނީ ފެންމަތިވެފަ އެވެ.
ތެޔޮ، ގޭސް އަދި ކެމިކަލް އުފުލާ ޓޭންކަރުތަކުގައި އެހެނިގެން މުދާ އުފުލުމަކީ ހުރިހާ ގައުމެއްގައި ވެސް މަނާ ކަމެކެވެ. އެހެންކަމުން ބޭރު އުޅަނދެއް ރާއްޖެ އަންނައިރު ވެސް އެފަދަ ޓޭންކަރުތަކުގައި އާންމު މުދަލެއް ނުއުފުލޭނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވަތުކިބަ
2 months ago
އައިއެސްޕީއެސް ރަންގަޅަށް އިންގޭ ވަގުންތަކެއް މިނިސްޓަރ އޮފް ޓްރާސް ޕޯޓުގަ ތިބެގެން ހޯކްސް ބޯޓުތަކަށް ޖެނެރަލް ކާގޯ ހުއްދަ ދީގެން ކުރަމުން ދިޔަ ވައްކަމެއް، ފަޅާއެރުމުން މިނިސްޓަރ އަމީން ރައީސްއަށް އޮޅުވާލަންވެގެން ނިއުސް ބަޔާނެއް ނެރުނަސް ހޯކްސް މީހުންނާ ގުޅިގެން ވަގަށް މުދާ އެތެރެ ކުރުމުގަ މިނިސްޓްރީގެ ފުރިހަ ދައުރު އޮވެގެން ހިންގަމުންދާ ވައްކަމެއް،
Comment