about 4 hours 0
އަތޫފް އާތިފް
ިއިނގުރައިދޫގެ އައިހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
about 4 hours 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ރ. އަތޮޅު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަނަ މެޗުން މޮޅުވެ، ރ. އިނގުރައިދޫ އާއި އަލިފުށިން ސެމީ ފައިނަލް ޔަގީންކޮށްފި އެވެ
މި މުބާރާތުގައި އިއްޔެ ހަވީރު އިނގުރައިދޫ އިން ނުކުތީ އެ އަތޮޅު ދުވާފަރާ ދެކޮޅަށެވެ. މި މެޗު އިނގުރައިދޫ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
ބޯ ވިއްސާރައިގައި ކުޅުނު މި މެޗުގެ ނުވަ ވަނަ މިނެޓުގައި އިނގުރައިދޫ އަށް ލީޑު ނަގައިދިނީ މުހައްމަދު މަމްދޫހް ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފުގެ 16 ވަނަ މިނެޓުގައި އަހުމަދު އައިހަމް (އައިހު) ވަނީ އިނގުރައިދޫގެ ލީޑު ފުޅާކޮށްދީފަ އެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން ދުވާފަރުގެ މުހައްމަދު އިސާމް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. މި ގޯލާއެކު އިނގުރައިދޫ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފަ އެވެ. އެގޮތުން އިނގުރައިދޫގެ ކީޕަރު އަތުގައި ބޯޅަ އޮއްވައި އިސާމް ޖެހި ކަމަށް އިނގުރައިދޫ ކުޅުންތެރިން ވަނީ އެޕީލް ކޮށްފަ އެވެ.
މި ނަތީޖާއާއެކު ތިން ޓީމު ހިމެނޭ ރ. އަތޮޅުގެ ގްރޫޕް ދޭއްގެ އެއްވަނައިގައި އިނގުރައިދޫ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުގަ އެވެ. ދެން މި ގްރޫޕުގައި ހިމެނޭ މީދޫ ވަނީ ފުރަތަމަ މެޗުން އިނގުރައިދޫ އަތުން ބަލިވެފަ އެވެ. މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭނީ މީދޫ އާއި ދުވާފަރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
ރ އަތޮޅުގެ ގްރޫޕް އެކެއްގައި އަލިފުށިން ރަސްގެތީމު މައްޗަށް ކުރިހޯދީ 6-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި އަލިފުށިން ކާމިޔާބުކުރި ހަ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ އަހުމަދު ހުސާމް އެވެ.
އަލިފުށިން ވަނީ ފުރަތަމަ މެޗުގައި މަޑުއްވަރީއާ އެއްވަރުކޮށްފަ އެވެ. އަލިފުށި ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކުގަ އެވެ. އެހެންވެ، އެ ޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ވަނީ ޔަގީންވެފަ އެވެ. ސެމީގެ އަނެއް ޖާގަ ޔަގީންވާނީ މަޑުއްވަރީ އާއި ރަސްގެތީމު ކުޅޭ މެޗުންނެވެ.
20:00: ށ. ކަނޑިތީމު - ށ. މިލަންދޫ
20:00: ށ. މަރޮށި - ށ. ފޭދޫ
21:00: ށ. ނަރުދޫ - ށ. ގޮއިދޫ
21:00: ށ. ބިލެއްފަހި - ށ. ޅައިމަގު
22:00: އއ. ތޮއްޑޫ - އއ. އުކުޅަސް
22:00: އއ. ހިމަންދޫ - އއ. މަތިވެރި
23:00: އއ. ރަސްދޫ - އއ. ބޮޑުފޮޅުދޫ
23:00: އއ. ފެރިދޫ - އއ. މާޅޮސް
Comment