about 4 hours 0
ދަނގެތީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
about 4 hours 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އދ. އަތޮޅުގެ ގްރޫޕް ސްޓޭޖުގައި ދަނގެތިން ކުޅުނު ދެ ވަނަ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެ އަތޮޅު މަހިބަދޫ އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.
އިއްޔެ، ހަވީރު އދ. އަތޮޅުގެ ގްރޫޕް އެކެއްގައި ދަނގެތިން ވަނީ ހަންޏާމީދޫ 3-2 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. މި ނަތީޖާއާއެކު ތިން ޓީމު ހިމެނޭ އދ. އަތޮޅުގެ ގްރޫޕް އެކެއްގެ އެއްވަނައިގައި ދަނގެތި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކުގަ އެވެ. އެހެންވެ، އެ ޓީމަށް ވަނީ ސެމީ ކަށަވަރުވެފަ އެވެ.
މި މެޗުގެ 12 ވަނަ މިނެޓުގައި ދަނގެއްޗަށް ލީޑު ނަގައިދިނީ ކެޕްޓަން މުހައްމަދު ނާއިމް ޖަހައިދިން ގޯލުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ނާއިމް ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްދީފަ އެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ހަންޏާމީދޫގެ ކެޕްޓަން އަލީ އަހްލާމް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ ފަހު މިނެޓުގައި ދަނގެތީގެ އިބްރާހީމް ރިލްވާން ރާޝިދު ވަނީ ގޯލު ޖަހާ އަލުން ލީޑު ފުޅާކޮށްފަ އެވެ. ހަންޏާމީދޫގެ ދެ ވަނަ ގޯލު ވެސް ޖެހީ އަހްލާމް އެވެ.
މި އަތޮޅުގެ ގްރޫޕް ދޭއްގައި މަންދޫގެ މައްޗަށް މަހިބަދޫ އިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ފުރަތަަމަ މެޗުން މަންދޫ ވަނީ އޮމަދޫ އަތުން މޮޅުވެފަ އެވެ. އެހެންކަމުން، މި ގްރޫޕްގެ ސެމީ އަށް ދާ ޓީމުތައް އެނގޭނީ މަހިބަދޫ އާއި އޮމަދޫ ކުޅޭ މެޗަށް ފަހު އެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މަހިބަދޫ އަށް ލީޑު ނަގައިދިނީ ޝުއައިދު ސައީދު ޖެހި ގޯލުންނެވެ. މިއީ މަހިބަދޫގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުالله މިދުހަތު ފަހުމީ (ބިޗަޑް) ތަނަވަސްކޮށްދިން ފުރުސަތަކުން ޝުއައިދު ޖެހި ގޯލެކެވެ.
ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި މަހިބަދޫގެ ލީޑު ފުޅާކޮށްދިނީ އިބްރާހީމް އުސާމާ ހަސަން މަޖީދު ޖެހި ގޯލުންނެވެ. އަދި މަހިބަދޫގެ ފަހު ގޯލު މެޗުގެ ފަހު މިނެޓުގައި އެ ޓީމަށް ޖަހާދިނީ އާދަމް ފަހުމާން އެވެ.
20:00: ށ. ކަނޑިތީމު - ށ. މިލަންދޫ
20:00: ށ. މަރޮށި - ށ. ފޭދޫ
21:00: ށ. ނަރުދޫ - ށ. ގޮއިދޫ
21:00: ށ. ބިލެއްފަހި - ށ. ޅައިމަގު
22:00: އއ. ތޮއްޑޫ - އއ. އުކުޅަސް
22:00: އއ. ހިމަންދޫ - އއ. މަތިވެރި
23:00: އއ. ރަސްދޫ - އއ. ބޮޑުފޮޅުދޫ
23:00: އއ. ފެރިދޫ - އއ. މާޅޮސް
Comment