Advertisement

ޑަބަލްސް ނުކުޅެން ނިންމި ސިޓްސިޕާސް އަށް ލަނޑު ލިބިއްޖެ

14 ޖަނަވަރީ 2025 - 09:27 0


ޑަބަލްސް ނުކުޅެން ނިންމި ސިޓްސިޕާސް އަށް ލަނޑު ލިބިއްޖެ

14 ޖަނަވަރީ 2025 - 09:27 0

މެލްބާން (ޖެނުއަރީ 14) - މި ފަަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ބޭބެއާ އެކު، ޑަބަލްސް އިވެންޓްގައި ނުކުޅެން ނިންމި ގްރީސްގެ ޓެނިސް ތަރި، ސްޓެފާނޯ ސިޓްސިޕާސް، ސިންގަލްސްގެ ފުރަތަމަ ބުރުން ކަޓައި ލަނޑެއް ލިބިއްޖެ އެވެ.

މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ސިންގަލްސް ފައިނަލުގައި ސިޓްސިޕާސް ވަނީ ނޮވަކް ޖޮކޮވިޗް އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ސިންގަލްސް ފުރަތަމަ ބުރުގައި ސިޓްސިޕާސް ވަނީ އެމެރިކާގެ އަލެކްސް މިޗެލްސަން އަތުން ބަލިވެ ކަޓައިފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 7-5 6-3 2-6 6-4 އިންނެވެ.

މި ފަަހަރުގެ އޮސްޓްރޭލިއަން އޯޕަން އަަށް އައިއިރު، ސިޓްސިޕާސްގެ ވިސްނުން ހުރީ ޑަބަލްސް އިވެންޓްގައި ވެސް ކުޅޭށެވެ. އެއީ އޭނާގެ ބޭބެ، ޕެޓްރޯސްއާ އެއް ޕެއާއެއްގަ އެވެ. އެކަމަކު، ފަހު ވަގުތު ސިޓްސިޕާސް ނިންމީ ސިންގަލްސް އަށް ފޯކަސް ކުރަން ޑަބަލްސްގައި ނުކުޅުމަށެވެ. ސިޓްސިޕާސް ދެކޭގޮތުގައި، އޭނާ އަށް ސިންގަލްސްގައި ލަނޑު ލިބުނީ ފަހު ވަގުތު ނިންމި ނިންމުމަކާ ހެދި އެވެ.

"އައި ގޮތަށް އަހަރެން ނިންމުން ބަދަލުކުރީ ޑަބަލްސް ނުކުޅެން. އެ ހިސާބުން އަހަރެންގެ ފޯކަސް ދިޔަައީ އެންމެ ރަނގަޅު ނިންމުންތޯ މި ނިންމުނީ އެ ސުވާލާ ދިމާލަށް. މިއީ ހަމަ ކަރްމާ، ރަނގަޅަށް ނުވިސްނައި، ދެރަ ނިންމުމެއް އައުމުގެ ނަތިޖާ،" ސިޓްސިޕާސް، 26، ބުންޏެވެ.

މިދިޔަ އަަހަރުގެ ޔޫއެސް އޯޕަންގެ ފުރަތަމަ ބުރުން ކެޓި ސިޓްސިޕާސް އަށް ވިމްބަލްޑަންގެ ދެ ވަނަ ބުރު ފަހަަނައަޅައި ދެވިފައިނުވެ އެވެ. ސިޓްސިޕާސް ބުނީ، މި އަހަރުގެ ގްރޭންޑްސްލޭމްތަކުގައި ނަތީޖާ ރަނގަޅުކުރަން މަސައްކަތްކުރާނެ ކަަމަށެވެ.