Advertisement

ޒީނާޒު ވަކިކޮށް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުއާޒު އައްޔަނުކޮށްފި

13 ޖަނަވަރީ 2025 - 13:28 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޒީނާޒު ވަކިކޮށް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުއާޒު އައްޔަނުކޮށްފި

13 ޖަނަވަރީ 2025 - 13:28 2

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާން ވަކިކޮށް މުއާޒު ހަލީމު އެ މަގާމަށް މިއަދު އައްޔަނުކޮށްފި އެވެ.

ޕީއެންސީގެ އެސްޖީގެ މަގާމަށް ބަދަލުތަކެއް ގެނެސްފައި މިވަނީ ވަގު ފޯމު ހުށަހަޅައިގެން އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

އެސްޖީގެ މަގާމާ ހަވާލުވިކަން "އަދަދު" ނޫހަށް މުއާޒު ކަށަވަރު ކޮށްދެއްވި އެވެ. ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަންޖެހޭނީ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ. ޕާޓީގެ މެންބަރުންގެ މަޖިލީހަކީ ޕާޓީ ހިންގުމުގެ މަސައްކަތް ކުރާ މަޖިލީހެވެ.

އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އިދާރީ ގޮތުން ހިންގަންޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.

ޒީނާޒު ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަނުކުރީ މެއި 24، 2024 ގަ އެވެ.