Advertisement

ހުލާސާކޮށް އިއްޔެ: އަހަރު ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވް ހުރީ 63 މިލިއަން ޑޮލަރުގައި

12 ޖަނަވަރީ 2025 - 06:04 0


ހުލާސާކޮށް އިއްޔެ: އަހަރު ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވް ހުރީ 63 މިލިއަން ޑޮލަރުގައި

12 ޖަނަވަރީ 2025 - 06:04 0

ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބޭނުން ކުރެވޭ ރިޒާވް ހުރީ 63.2 މިލިއަން ޑޮލަރުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ބޭނުން ކުރެވޭ ރިޒާވުގެ ގޮތުގައި 63.2 މިލިއަން ޑޮލަރު ހުރިއިރު، އެއީ ނޮވެމްބަރު، 2024، އާ އަޅާބަލާއިރު 15.1 މިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ. ނޮވެމްބަރު މަހު ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 45.8 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު، 2024، ގެ ރަސްމީ ރިޒާވުގެ ގޮތުގައި ހުރީ 673.2 މިލިއަން ޑޮލަރެވެ. ނަމަވެސް ޝޯޓް ޓާމް ނެޓް ޑްރެއިންސްގެ ގޮތުގައި 758.6 މިލިއަން ޑޮލަރު ޖަހާފައި އޮތެވެ. އެއީ ރިޒާވުން ކުރިއަށް އޮތް ގާތްގަނޑަކަށް 12 މަހު ލޯނާއި ދަރަންޏަށް ކޮންމެހެން ވެސް ހަރަދު ކުރަންޖެހޭނެ އަދަދެކެވެ.

އެކަމަކު، ރަސްމީ ރިޒާވުގައި ނުހިމެނޭ 146.3 މިލިއަން ޑޮލަރު އެބަ އިނެވެ. އެއީ ބޭންކުތަކާއި އެހެނިހެން ތަންތަނަށް އިންވެސްޓުކޮށްފައި ހުރި ފައިސާ އެވެ. އަދި ރަސްމީ ރިޒާވުގައި ނުހިމަނައި ސެކިއުރިޓީސްގެ ގޮތުގައި ވެސް 2.3 މިލިއަން ޑޮލަރު އެބަ އިނެވެ.

މިދިޔަ އަހަރު ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް ހުރި މިންވަރު

  • ޖޫން: 66.9 މިލިއަން ޑޮލަރު
  • ޖުލައި:43.6 މިލިއަން ޑޮލަރު
  • އޮގަސްޓު: 61.2 މިލިއަން ޑޮލަރު
  • ސެޕްޓެމްބަރު: 48.8 މިލިއަން ޑޮލަރު
  • އޮކްޓޯބަރު: 31.5 މިލިއަން ޑޮލަރު
  • ނޮވެމްބަރު: 45.8 މިލިއަން ޑޮލަރު
  • ޑިސެމްބަރު: 63.2 މިލިއަން ޑޮލަރު

މިދިޔަ އަހަރު ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗާއި މޫޑީސް އިން ވެސް ރާއްޖޭގެ ރޭޓިން ދަށް ކުރި އެވެ. މާލީ ހާލަތު ދަށްވުމުގެ ސަބަބަކަށްވީ، އިންވެސްޓްމަންޓުތައް ނައުމާއި ސަރުކާރުން ގެންގުޅުނު ބައެއް ސިޔާސަތުތަކެވެ.

އަހަރުގެ ކުރީކޮޅު ޓުއަރިޒަމް ވެސް ވަރަށް ބޮޑަށް އަޑިއަޅާލި އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ހަޖޫޖެހުމުން އެ ގައުމުން ހިންގި ބޮއިކޮޓް ކެމްޕެއިނެއްގެ ސަބަބުންނެވެ. ނަމަވެސް ސަރުކާރުން މިހާރު ދަނީ އިންޑިއާއާ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންނެވެ.

މުހިއްމު ބައެއް ހަބަރު