Advertisement

އެޗްޑީސީގެ އުންމީދަށް ނިމުން ގެނެސް ސިފައިން ގައުމީ ތަށި ދިފާއުކޮށްފި

about 20 hours 0

ސިފައިންގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް


އެޗްޑީސީގެ އުންމީދަށް ނިމުން ގެނެސް ސިފައިން ގައުމީ ތަށި ދިފާއުކޮށްފި

about 20 hours 0

ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކާމިޔާބުކުރި ކްލަބް އެޗްޑީސީގެ އުންމީދަށް ނިމުން ގެނެސް، ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

އެޗްޑީސީން ވަނީ މި ފަަަހަރުގެ ވޮލީބޯޅަ ސީޒަނުގައި، އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ ކުރިން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ހަދާފައިވަނީ 2010 ވަނަ އަހަރު ދިވެހި ސިފައިންގެ ކްލަބުންނެވެ. ސްޕޯޓްސް ކްލަބް ސިޓީން ވަނީ 2022 ވަނަ އަހަރުގެ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ސިފައިންގެ އެެ ރެކޯޑާ ހަމަކޮށްފަ އެވެ. އެ ރެކޯޑާ ހަމަކުރަން އެޗްޑީސީން އުންމީދުކުރިއިރު، ރޭގެ ފައިނަލުން ބަލިވެ، އެކަން ހާސިލްނުވީ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ގައުމީ ފައިނަލުން ސިފައިން މޮޅުވީ، ފަހަތުން އަރަ އެވެ. ފުރަތަަމަ ސެޓު، އެޗްޑީސީން ގެންދިޔައީ، 25-17 އިންނެވެ.

ސިފައިންގެ ޓީމުގެ ރަޒާން ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: މުހައްމަދު އަހުނަފް/ އަދަދު ސްޕޯޓްސް


ސިފައިން ދެ ވަނަ ސެޓުން ފެށިގެން ކުޅުން ރަނގަޅުކޮށް، ދެން ކުޅުނު ތިން ސެޓު ގެންދިޔައީ، 21-25، 16-25 އަދި 23-25 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ ހުސެއިން ރަޒާން އެވެ.

ސިފައިން ވަނީ ގައުމީ މުބާރާތުގެ ލީގު ބުރުގައި، ފަސް ސެޓު ކުޅެގެން، އެޗްޑީސީ ބަލިކޮށްފަ އެވެ. ސިފައިންގެ ޓީމުގެ ކޯޗު މުންތާޒް އަލީ ބުނީ، ފައިނަލުގައި އެޗްޑީސީ ބަލިކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކީ، އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ސިފައިންގެ ޓީމުގެ ހުސެއިން ޝާހިދު (ޝާޑު) އެެވެ. ނަވާރަ އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ބްލޫސް ފޯ ވޮލީބޯލްގެ އަހުމަދު އިލްހާމް އަލީ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ސިފައިންގެ ކްލަބްގެ މުހައްމަދު ހަމަދު އެވެ. އަދި އެންމެ މޮޅު ކޯޗަކީ، ސިފައިންގެ ޓީމުގެ މުންތާޒް އެވެ.