Advertisement

ގައުމީ ވޮލީބޯޅަ މުބާރާތް: ސިފައިން އަތުން ބަލިވިޔަސް ފައިނަލުގެ ޖާގަ އެޗްޑީސީ އަށް

8 ޖަނަވަރީ 2025 - 08:10 0

ރޭ ސިފައިންނާއި އެޗްޑީސީ ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ގައުމީ ވޮލީބޯޅަ މުބާރާތް: ސިފައިން އަތުން ބަލިވިޔަސް ފައިނަލުގެ ޖާގަ އެޗްޑީސީ އަށް

8 ޖަނަވަރީ 2025 - 08:10 0

ގައުމީ ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ފަސް ސެޓު ކުޅެގެން ދިވެހި ސިފައިންގެ ކްލަބް އަތުން ބަލިވި ނަމަވެސް، ކްލަބްް އެޗްޑީސީން ފައިނަލުގެ ފުރަަތަމަ ޖާގަ ހޯދައިފި އެވެ.

ގައުމީ ވޮލީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ގައުމީ މުބާރާތް މި ފަހަރު ކުޅޭ ފޯމެޓަށް ބަދަލު އައިސްފައިވާއިރު، ފުރަތަމަ ކުޅެނީ ލީގު ބުރެކެވެ. އެއް ވަނަ އަށް ފައިނަލުގެ ސީދާ ޖާގަ ލިބޭއިރު، ދެ ވަނަ އާއި ތިން ވަނައިގެ މެދުގައި ސެމީ ފައިނަލެއް ކުޅެ، ފައިނަލުގެ ފަހު ޖާގަ ކަނޑައަޅާނެ އެވެ.

ލީގު ބުރުގެ ކުޅުން ނިމުނުއިރު، އެޗްޑީސީ އަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓު ލިބިފަ އެވެ. ދެ ވަނަ އަށް ދިޔަ ސްޕޯޓްސް ކްލަބް ސިޓީ އަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ސިފައިންނަށް ވަނީ ފަސް ޕޮއިންޓު ލިބިފަ އެވެ. ފުލަށް ދިޔަ ބްލޫސް ފޯ ވޮލީބޯލް އަށް ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގައި ރޭ އެޗްޑީސީ އާއި ސިފައިންގެ މެޗު ދިޔައީ ފޯރިގަދަކޮށެވެ. މި މެޗުގެ ފުރަތަަމަ ސެޓާއި ދެ ވަނަ ސެޓު އެޗްޑީސީން ވަނީ 25-13، 25-21 އިން ގެންގޮސްފަ އެވެ. ސިފައިން މޮޅުވީ ފޯރިގަދަ ކުޅުމަކަށް ފަހު ދެން ކުޅުނު ތިން ސެޓު ގެންގޮސްގެންނެވެ. އެ ގޮތުން، މި ސެޓުތައް ސިފައިން ގެންދިޔައީ، 20-25، 28-30 އަދި 12-15 އިންނެވެ. މެޗުގެ މޮޅު ކުުޅުންތެރިއަކީ ސިފައިންގެ ޓީމުގެ މުހައްމަދު ހަމަދު އެވެ.

އިއްޔެ ހަވީރު ސިޓީން ވަނީ ބްލޫސް އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. ފުރަތަމަ ސެޓު ބްލޫސް އިން ހޯދީ 21-25 އިންނެވެ. އެކަމަކު، ސިޓީން ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. ސެޓުތައް ދިޔައީ، 25-22، 25-16 އަދި 26-24 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިޓީގެ ޔަނަގިސާވާ ކޮހޭއި އެވެ.

ފައިނަލުގެ ދެ ވަނަ ޖާގަ ކަނޑައަޅަން ސެމީ މެޗު އޮތީ، މާދަމާރޭ އެވެ.