about 14 hours 0
ކަނޑުހުޅުދޫ އާއި ގެމަނަފުށި ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ
about 14 hours 0
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ކަނޑުހުޅުދޫން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 2-1 ގެމަނަފުށި އަތުން ބަލިވިއިރު، ވިލިނގިލި އަތުން 6-1 އިން ދެއްވަދޫން ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.
ގއ. ގްރޫޕް އޭގައި ކަނޑުހުޅުދޫ އާއި ގެމަަނަފުށީގެ އިތުރުން ހިމެނެނީ، ދާންދޫ އާއި ނިލަންދޫ އެވެ. އެ ދެ ޓީމު ކުޅުނު މެޗުން، ދާންދޫ ވަނީ 2-1 އިން މޮޅުވެފަ އެވެ. ގްރޫޕް ބީގެ އަނެއް މެޗުން، މާމެންދޫން ވަނީ 2-1 އިން ކޮލަމާފުށި ބަލިކޮށްފަ އެވެ.
ކަނޑުހުޅުދޫން އަހުމަދު އުމަރު އަބްދުﷲގެ ގޯލުން ލީޑުނަގާފައިވަނިކޮށް، ގެމަނަފުށިން ފަހަތުން އަރައި މޮޅުވީ އަހުމަދު ޝާމް ޖެހި ގޯލުގެ އިތުރުން ކަނޑުހުޅުދޫގެ އަހުނަފް ޒާހިރު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިދިޔަ އަހަރު ކަނޑުހުޅުދޫން އަތޮޅު ތަށި ހޯދީ ފައިނަލުގައި ގެމަނަފުށި އަތުން 5-4 އިން ކުރިހޯދައިގެންނެވެ. މިއީ، އެ ނަތީޖާގެ ރަނގަޅު ބަދަލުހިފުމެކެވެ.
ދެއްވަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
ނިލަންދޫ ބަލިކުރި މެޗުގައި ދާންދޫގެ ލަނޑުތައް ޖެހީ، މުހައްމަދު އަޒާން މަ އަދަދު އެވެ. އަދި ނިލަންދޫގެ ހަމައެކަނި ލަނޑު ޖެހީ، ހުސެއިން ނިހާދު އެވެ.
މި ފަހަރުގެ މުބާރާތަށް ގިނަ އާ ކުޅުންތެރިންނާ އެކު ނުކުތް، ދެއްވަދޫން ލަނޑުތައް ޖެހީ، އެ ޓީމުގެ ކެޕްޓަން، އަހުނަފް ރަޝީދު (އަހުއްކޮ) ހެޓްރިކެއްގެ އިތުރުން، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، އައިމަން ތައުފީގު އަދި ޝިފާޒް އާދިލް (ތުއްތު) އެވެ. ވިލިގިލީގެ ހަމައެކަނި ލަނޑު ޖެހީ، އައުޝަމް ރަޝާދު އެވެ.
މާމެންދޫގެ ލަނޑުތައް ރޭ ޖެހީ ރައުހާން ރިއްފަތު އާއި ޝަމްވީލް މުހައްމަދު އެވެ. ކޮލަމާފުށީގެ ލަނޑު ޖެހީ، މުހްލިސް ނަޖީބު އެވެ.
20:00: ފިނޭ - ނޮޅިވަރަންފަރު
20:00: މަކުނުދޫ - ހަނިމާދޫ
21:00: ފިއްލަދޫ - ހޯރަފުށި
21:00: ބާރަށް - މާރަންދޫ
22:00: އިހަވަންދޫ - މުރައިދޫ
22:00: ދިއްދޫ - ވަށަފަރު
23:00: ނޮޅިވަރަމް - ނެއްލައިދޫ
23:00: ކުމުންދޫ - ވައިކަރަދޫ
Comment