3 ޖަނަވަރީ 2025 - 06:13 0
3 ޖަނަވަރީ 2025 - 06:13 0
މެޑްރިޑް (ޖެނުއަރީ 3) - ލިވަޕޫލަށް ކުޅެމުން އަންނަ އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑްގެ ޓްރާންސްފާއާ ގުޅޭގޮތުން، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް އަމާޒުވި ސުވާލަށް ސީދާ ޖަވާބެއް ނުދޭން ނިންމައިފި އެވެ.
މި ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި އާނޯލްޑަށް އެ ކްލަބުން އެއްބަސްވުން އާ ކުރަން ހުށަހެޅި ހުރިހާ ޕްރޮޕޯސަލަކަށް މިހާތަަނަށް އޭނާ ވަނީ ފުރަގަސްދީފަ އެވެ. ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އާނޯލްޑް އަށް އިނގިރޭސި ނޫން ކްލަބްތަކާ އެކު، ޓްރާންސްފާގެ މަޝްވަރާތައް ކުރެވޭނެ އެވެ. އެއީ، ޖުލައި، 1 ވަނަ ދުވަހު ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބަކަށް ބަދަލުވާ ގޮތަށް ޕްރީ އެގްރީމެންޓެއް ހެދުމަށެވެ.
ޖެނުއަރީ ޓްރާންސްފާ މާކެޓްގެ ތެރޭ އާނޯލްޑް، ސްޕެއިނުގެ ގަދަބާރު ރެއާލަށް ވިއްކާލެވެން ނެތް ކަމަށް ލިވަޕޫލުން ވަނީ އަންގައިފަ އެވެ.
އެކަމަކު، ރެއާލުން އިތުރު ބިޑެއް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމާ ގުޅޭ ގޮތުން، އަންޗެލޮޓީއާ ވަނީ މީޑިއާ އިން ސުވާލު ވެސްކޮށްފަ އެވެ. އެހެން ނަމަވެސް އަންޗެލޮޓީ ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެެވެ.
"ކުރިއަށްދާ ގޮތެއް ފެންނާނެ. ދެން، ޖެނުއަރީ މާކެޓް އަކީ އަބަދުވެސް ވަރަށް އުނދަގޫ ދުވަސްތަކެއް ބޭނުންވާ ކަންކަން ކުރަން، މި ވަގުތު ޓްރާންސްފާ އަށް ވުރެ އަހަރެމެންގެ ފޯކަސް ހުރީ މެޗުތަކަށް، އެއީ ވަރަށް ގިނަ މެޗުތަކެއް އެބަހުރި ކުޅެން،" އަންޗެލޮޓީ ބުންޏެވެ.
ރެއާލަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އެ ކްލަބުން ވަނީ އާނޯލްޑް ގަންނާށެެވެ. ރެއާލްގެ ކަނާތު ބެކް، ޑެނީ ކާވަހާލް އަށް އަނިޔާވެ، އޭނާ އަށް ވަނީ ސީޒަން ނިމިފަ އެވެ.
Comment