2 ޖަނަވަރީ 2025 - 07:57 0
2 ޖަނަވަރީ 2025 - 07:57 0
ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގަމުން އަންނަ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބުން 90،000 ރުފިޔާގެ އިނާމު ހިމެނޭގޮތަށް، "ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025" ބާއްވަން އިއުލާނުކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރިވައިވަލް އިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ މުބާރާތް ކުޅިވަރު އެކުވެނީގައި ކުރިއަށްދާނީ މި މަހުގެ 29 އިން ފެބްރުއަރީ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރިވައިވަލް އިން ވަނީ، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.
މުބާރާތް ކުރިއަށްދާ ކެޓަގަރީތަކަށް ބަލާއިރު، 11 އަހަރުން ދަށް (އަންހެން/ފިރިހެން)، 13 އަހަރުން ދަށް (އަންހެން/ފިރިހެން)، 15 އަހަރުން ދަށް (އަންހެން/ފިރިހެން)، 17 އަހަރުން ދަށް (އަންހެން/ފިިރިހެން) އަދި 19 އަހަރުން ދަށް (އަންހެން/ފިރިހެން) ހިމެނެ އެވެ.
މީގެ އިތުރުން، މެންސް ޑަބަލްސް އާއި ވިމެން ޑަބަލްސް އަށް ހުޅުވާލެވިގެން ފުރުސަތު އޮތްއިރު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި ޕެރަލިމްޕިކް މޯލްޑިވްސް ވެސް މީގެ ބައިވެރިވާނެ އެވެ. މިއާ އެކު، މިއީ ހުރިހާ ގޮތަކުން ވެސް ބެޑްމިންޓަންގެ ފުރުސަތު ބޮޑު މުބާރާތެކެވެ.
ރާއްޖޭގެ ބެޑްމިންޓަން ކްލަބަކުން މި ގޮތަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު ބެޑްމިންޓަން މުބާރާތްތަކުގެ ތެރޭގައި ހިމެނޭ މި މުބާރާތުގެ އިނާމް ފައިސާގެ ޖުމްލަ ފައިސާގެ އިނާމްގެ އަދަދަކީ 90،000 ރުފިޔާ އެވެ. ފައިސާގެ އިނާމް ކަނޑައަޅާފައިވާ މައިގަނޑު ވަނަތަކަށް ބަލާއިރު، ޖޫނިއާ ސިންގަލްސް ޗެމްޕިއަނުންނަށް 2000 ރުފިޔާގެ އިނާމެއް އަދި ރަަނަރަޕަށް 1000 ރުފިޔާގެ އިނާމެއް ވަނީ ހިމަނައިފަ އެވެ. އަދި އޯޕަން ކެޓަގަރީ އަށް ޑަބަލްސް ޗެމްޕިއަނުންނަށް 20،000 ރުފިޔާގެ އިނާމެއް އަދި ރަނަރަޕަށް 10،000 ރުފިޔާގެ އިނާމެއް ވަނީ ހިމަނައިފަ އެވެ.
މުބާރާތުގައި ބައިވެރިވުމުގެ އެންޓްރީ ފީގެ ގޮތުގައި ހަމަޖައްސާފައިވަނީ، އުމުރުފުރާ ކެޓަގަރީގެ ކޮންމެ ކުުޅުންތެރިއަކު އަތުން 50 ރުފިޔާ އަދި އޯޕަން ޑަބަލްސް އިވެންޓްގައި ވާދަކުރާ ކޮންމެ ކުޅުންތެރިއަކު އަތުން 250 ރުފިޔާ އެވެ.
ނޮކައުޓް ސިސްޓަމަށް މުބާރާތް ކުރިއަށްގެންދަން ނިންމާފައިވާއިރު، މުބާރާތުގެ ގުރުއަތުލުން ކުރިއަށްގެންދަން ރާވާފައިވަނީ، މި މަހުގެ 25 ވަނަ ދުވަހު އެވެ. މުބާރާތާ ގުޅޭ ކަމެއްގައި މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 7531681 އަށް ގުޅައިގެން ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްއިރު، އީމެއިލްގެ ޒަރިއްޔާ އިން revivalsportsmv@gmail.com އަށް އީމެއިލް ކޮށްގެން ކުރިއަށްގެންދެވޭނެ އެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފޯމު ރިވައިވަލްގެ ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ލިބޭނެ އެވެ.
މީގެ ކުރިން، ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ ބ. އޭދަފުށީގައި ޖޫނިއާ ބެޑްމިންޓަން ކުޅުންތެރިންނަށް ކާމިޔާބު މުބާރާތެއް ބާއްވައިފަ އެވެ. ރިވައިވަލް
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment