Advertisement

ހުލާސާކޮށް އިއްޔެ: ނަރީޝްގެ އިންޒާރު

1 ޖަނަވަރީ 2025 - 06:38 2

ޑެޕިއުޓީ މޭޔަރު ނަރީޝް -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ނަރީޝްގެ އިންޒާރު

1 ޖަނަވަރީ 2025 - 06:38 2

މާލެ ސިޓީ ކައުންސިލުގައި ހުރި މައްސަލަތަކާއި ވޭތުވެދިޔަ ތަނުގައި އެ އިދާރާގެ ތެރޭ ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން "އަދަދު" ނޫހަށް މައުލޫމާތު ދޭ ބަޔަކު ހޯދާނެ ކަމަށް ބުނެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކައުންސިލުގެ މުވައްޒަފުންނަށް އިންޒާރު ދީފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސިޓީ ކައުންސިލުގެ އިސް ވެރިން ތިބޭ ގްރޫޕަކަށް ފޮނުއްވި ހައެއްކަ މެސެޖުގައި ނަރީޝް ވަނީ ތަކުރާރުކޮށް އެ ބަޔަކު ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ވިދާޅުވެ އޭނާ ހިއްސާކުރެއްވީ ސިޓީ ކައުންސިލްގައި ހުރި ހުރިހާ ލިޔުމެއް ޑިޖިޓަލް ކުރަން ބޮޑު އަގެއްގައި ބަޔަކާ ހަވާލުކޮށްފައިވާކަން ރިޕޯޓުކޮށް މި ނޫހުން ގެނެސްދިިން ހަބަރުގެ ސޯޝަލް މީޑިއާ ޕޯސްޓުގެ ލިންކެކެވެ.

"މި މައުލޫމާތު ކައުންސިލުން ދިން މީހަކު އެނގެން ބޭނުން! ބުނަން މި ތާނގަ ނުކެރެންޏާ އަޅުގަނޑު ހޯދަންވެސް ހޯދާނަން. މި ލެވެލްއަށް ވެއްޓެންޏާ އަޅުގަނޑުމެން ވެސް ދެން ވެއްޓޭނީ މިއަށްވުރެ ލޯ ލެވެލް އަށް. އޭރުން ކައުންސިލް ހިންގަން އެކަކަށް ވެސް ފަސޭހައެއް ނުވާނެ،" ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ނަރީޝް ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތްތަނުގައި ކައުންސިލުގެ ތަރުޖަމާނަކު ހޮވާނީ ކައުންސިލުން ފާސްކޮށްގެން ކަމަށާއި މީޑިއާތަކަށް މައުލޫމާތު ދޭން އުސޫލެއް ހަމައެއް ނެތިއްޔާ އޭނާގެ ވެސް ހަމައެއް ނޯންނާނެ ކަމަށް ވިދާޅުވެ ވެސް ނަރީޝް ވަނީ ކައުންސިލްގެ މުވައްޒަފުންނަށް އިންޒާރުދީފަ އެވެ.

މިހާތަނަށް އޭނާ ދިޔައީ ކޮންމެ ކަމެއްގައި ވެސް 1،000 ޕަސެންޓު ސަޕޯޓު ދެމުން ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި މިއީ މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ އާދަމް އާޒިމް އިންތިހާބުވި ފަހުން ކަން ހިނގަމުންދާ ގޮތުގެ ވާހަކަ އެވެ.

މުހިއްމު ބައެއް ހަބަރު