Advertisement

ވޭޕް ބޭނުންކުރި ޓޫރިސްޓަކާ މެދު ހާއްސަ ގޮތެއް ބަހައްޓައި ޖޫރިމަނާ ނުކޮށް ދޫކޮށްލައިފި

30 ޑިސެންބަރު 2024 - 05:34 2

ލީވާން އަލީ ނާސިރު

ލ

Advertisement


ވޭޕް ބޭނުންކުރި ޓޫރިސްޓަކާ މެދު ހާއްސަ ގޮތެއް ބަހައްޓައި ޖޫރިމަނާ ނުކޮށް ދޫކޮށްލައިފި

30 ޑިސެންބަރު 2024 - 05:34 2

Advertisement

Advertisement

ވޭޕް ބޭނުން ކުރި ޓޫރިސްޓަކާ މެދު ހާއްސަ ގޮތެއް ބަހައްޓައި ޖޫރިމަނާ ނުކޮށް އިއްޔެ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ޓޫރިސްޓު މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވޭޕް ބޭނުން ކުރި މައްސަލައިގައި ހާލަތަށް ބެލުމަށްފަހު، ޖޫރިމަނާ ނުކޮށް ދޫކޮށްލީ ނަސޭހަތް ދިނުމަށްފަހު ކަމަށެވެ.

Advertisement

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި ޓޫރިސްޓެއް އެއީ. އޭނާގެ ހާލަތަށް ބެލުމަށްފަހު ޖޫރިމަނާ ނުކޮށް ނަސޭހަތް ދީފައި ފޮނުވާލީ،" ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުން ބުނީ ވޭޕް ބޭނުންކުރާނަމަ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓުން ވެސް ޖޫރިމަނާ ކުރަމުންދާނެ ކަމަށެވެ.

ފުލުހުން އެންމެ ފަހުން ބުނީ ވޭޕް މަނާ ކުރި ފަހުން ނުވަ މީހަކު 50،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އަށް މީހަކު 5،000ރ. އިން އަދި އެކަކު ސައިކަލު މަތީގައި އީ-ސިނގިރޭޓް ބޭނުން ކުރުމުން 10،000ރ. އިން ޖޫރިމަނާ ކުރި އެވެ.

Advertisement

ފުލުހުން ބުނީ ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ކުރު މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށް ލިބޭނެ ކަމަށެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމަށް ފުލުހުން ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.

މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.

ނަމަވެސް ވޭޕް ބޭނުން ކޮށްގެން ޖޫރިމަނާ ކުރިއަސް، ވޭޕް އަތު ނުލާނެ ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

Advertisement

0.00%

0.00%

50.00%

50.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ދޮހޮއްތުބެ

3 months ago

އެއަރޕޯޓުގަ ބޭރު މީހުނައް ރާވެސް ވިއްކޭ... ވައި ނޮޓް ވޭޕިންގ ފޯ ޓޫރިސްޓްސް

ވިސްނުން

3 months ago

ވޭޕް ބޭނުންކުރުން މަދެކޭ ނުބުނެވޭނެ. އިއްޔެވެސް ހަމަގައި ވެސް ހައެއްކަ މީހުން ހަމަ ރޯމާ ދުވާލު މަގުމަތިން ފެނުނު. ޓޫރިސްޓެއްކަމަށް ލަފާ ކުރެވޭ މީހަކު ވެސް ފެނުނު.