29 ޑިސެންބަރު 2024 - 01:56 0
29 ޑިސެންބަރު 2024 - 01:56 0
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ސަބަބުން ފިލިޕީންސްގެ ވަޒީފާގެ ބާޒާރަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައިއެމްއެފުން ޑިސެމްބަރު 20 ގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެ ގައުމުގެ ގާތްގަނޑަކަށް 36 ޕަސެންޓް ވަޒީފާތައް، އޭއައި ނުވަތަ އޮޓޮމޭޝަން އަށް ބަދަލުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އޭގެ ތެރެއިން ގިނަ ވަޒީފާތަކަކީ ފިލިޕީންސްގެ އަންހެނުން އަދާކުރާ ވަޒީފާ އެވެ.
އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ޗެޓްބޮޓުތަކާއި ވާޗުއަލް އެސިސްޓެންޓުންގެ ސަބަބުން މިހާރު ވެސް ކަސްޓަމާ ސާވިސްގެ ދާއިރާގައި އިންސާނީ މަސައްކަތްތެރިންނަށް އޮތް ފުރުސަތު ދަނީ ކުޑަވަމުންނެވެ. އެ ނޫން ވެސް ގިނަ ދާއިރާތަކެއް އޭއައި ފަތަހަ ކުރާނެ ކަމަށް ބެލެވެ އެވެ.
އޭއައިގެ ސަބަބުން ވަޒީފާއަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ފިލިޕީންސް ސަރުކާރުން ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ތައުލީމަށް އިންވެސްޓް ކުރުމަށާއި މި ބޮޑު ބަދަލާއެކު ވަޒީފާ ގެއްލި، ގެދޮރު ގެއްލިދާނެ މީހުންނަށް އެހީވުމަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނެޓްތައް ހަރުދަނާ ކުރުމަށް އައިއެމްއެފުން އިލްތިމާސްކުރެ އެވެ.
އައިއެމްއެފްއިން މިގޮތަށް އިންޒާރު ދީފައި މިވަނީ ފިލިޕީންސްގެ އިގުތިސޯދަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment