Advertisement

ބޮޑު ފައިސާގެ އިނާމަކާ އެކު އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަންނަ ފެބްރުއަރީގައި

26 ޑިސެންބަރު 2024 - 21:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ނޭޝަންގެ މުބާރާތެއްގެ ތެރެއިން: އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަންނަ ފެބްރުއަރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އުރީދޫ


ބޮޑު ފައިސާގެ އިނާމަކާ އެކު އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަންނަ ފެބްރުއަރީގައި

26 ޑިސެންބަރު 2024 - 21:08 0

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" އަންނަ އަހަރުގެ ފެބްރުއަރީގައި ބާއްވަން ހަމަޖެހިފައިވާކަން އުރީދޫ މޯލްޑިވްސްއިން ހާމަކޮށްފި އެވެ.

އަންނަ ފެބްރުއަރީ 21، އިން 22 ގެ ނިޔަލަށް ބާއްވާ އެ ފެސްޓިވަލުގައި އުރީދޫ ނޭޝަން ގެ ކޮންޓެންޑަރ ސީރީޒް ތަކުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން ޖުމްލަ 100،000 ރުފިޔާގެ ފައިސާގެ އިނާމަށް ވާދަ ކުރާނެ އެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ ގޭމްތައް:

• ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް.

• އީއޭއެފްސީ ޗެމްޕއަންޝިޕް.

• މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕް.

ފޯރިގަދަ މުބާރާތްތަކުގެ އިތުރުން އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024 ގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިފަހަރު ހޮވާނެ އެވެ.

އެ ޝަރަފުވެރި އެވޯޑަކީ 2024 ގެ ތެރޭގައި އުރީދޫ ނޭޝަން މުބާރާތްތަކުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ކުޅުމަކާއި ހުނަރު ދައްކުވައިދީފައިވާ ގޭމަރުގެ އަގު ވަޒަންކޮށް ފާހަގަ ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

އެ އެވޯޑަށް ޝަރުތު ހަމަވާ ކުޅުންތެރިން އިވެލުއޭޓް ކުރަނީ އުރީދޫ ނޭޝަންގެ ޖަޖުން ގެ ޕެނަލާއި އާންމުންގެ ވޯޓުންނެވެ. އެގޮތުން ޖަޖުންގެ ސްކޯގެ 60 ޕަސަންޓް އަދި އާންމުންގެ އެސްއެމްއެސް ވޯޓުން 40 ޕަސަންޓް އެވޯޑު ދިނުމުގައި ބަލާނެ އެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލް 2024 ރޭވިފައިވަނީ ގޭމް ކުޅޭ ފަރާތްތަކަށާއި ސަޕޯޓަރުންނަށް ވެސް އުފާވެރި، މަޖާ އަދި ފޯރިގަދަ އިވެންޓެއްގޮތުގައެވެ.

މަޖާ ހަރަކާތްތަކާއި، ގޭމިން ސެޓަޕްތަކާ އެކު އެ ފެސްޓިވަލަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ގޭމިންގް މާހައުލަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ އިވެންޓަކަށް ވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ދަ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލާއި ބެހޭ އިތުރު މައުލޫމާތް އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.