Advertisement

ސިޓީ އަށް ގަދަ ހަތަރެއް ގެއްލިދާނެ: ގާޑިއޯލާ

about 14 hours 0


ސިޓީ އަށް ގަދަ ހަތަރެއް ގެއްލިދާނެ: ގާޑިއޯލާ

about 14 hours 0

މެންޗެސްޓާ (ޑިސެމްބަރު 26) - މި ވަގުތު މެންޗެސްޓާ ސިޓީގެ ފޯމު އޮތްގޮތަށް މާ ބޮޑު ބަދަލެއް ނުގެނެވި، ކުރިއަށްދާނަމަ، މި ސީޒަނުގައި އެ ޓީމަށް، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ގެއްލުމުގެ ބިރު އެބައޮތް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން، ސިޓީން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގައި ކުޅޭ މިއީ 14 ވަނަ ސީޒަނެވެ. ސިޓީ އަށް ވުރެ ގިނައިން ޖެހިޖެހިގެން އެންމެ ގިނައިން ޗެމްޕިއަންސް ލީގުގައި ކުޅުނު އިނގިރޭސި ކްލަބްތަކަކީ، 1998-2017 އަށް އާސެނަލާއި، 1996-2014 އަށް މެންޗެސްޓާ ޔުނައިޓެޑް އެވެ.

ސިޓީން އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވިއިރު، މޮޅުވީ އެއް މެޗުންނެވެ. މި ވަގުތު ލީގު ތާވަލުގައި ސިޓީ އޮތީ، 17 މެޗުން 27 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

"ކުރިން އަހަރެން މި ވާހަކަ ދެއްކީމަ މީހުން މަލާމަތްކޮށް ހެދީ، އެ މީހުން ބުނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ މާ ބޮޑު ކާމިޔާބެއް ނޫނޭ. އެެއީ މި ގައުމުގެ ހާލަތު އޮތްގޮތުން، އެއީ ޓީމުތައް އެބަހުރި ވަރަށް ގިނަ އަހަރު ވަރުގަދަ އަށް އޮވެ، ފަސޭހަކަމާ އެކު ގަދަ ހަތަރެއް ހޯދައިފައި، އަނެއް ޓީމުތައް ގަދަ ހަތަރެއް މި ހޯދަނީ އުނދަގުުލުން،" ގާޑިއޯލާ ބުންޏެވެ.

"މިދިޔަ އަހަރުތަކުގައި ގަވާއިދުން ޗެމްޕިއަންސް ލީގުގައި އޮތް އިނގިރޭސި ކްލަބަކީ ސިޓީ، މި ފަހަރު އަަހަރެމެން މި އޮތީ އެކަން ކުރެވިދާނެތޯ އެ ބިރު ހީވެފައި،"

ލީގުގައި މިއަދު ސިޓީން ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ އެވަޓަންއާ އެވެ.