Advertisement

މާލީ ހާލަތު ތަން ނުދޭތީ މިފްކޯއިން މީޑިއާތަކަށް ދެމުންދިޔަ ހުރިހާ ސްޕޮންސާއެއް ކަނޑާލައިފި

24 ޑިސެންބަރު 2024 - 07:23 2

އަހުމަދު އާއިދު

އ

Advertisement

މިފްކޯއިން ކޫއްޑޫގައި ހިންގާ މަސް ފެކްޓަރީ : މާލީ ހާލަތު ތަންނުދޭތީ އެ ކުންފުނިން މީޑިއާތަކަށް ދެމުންދިޔަ ހުރިހާ ސްޕޮންސާއެއް ކަނޑާލަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު


މާލީ ހާލަތު ތަން ނުދޭތީ މިފްކޯއިން މީޑިއާތަކަށް ދެމުންދިޔަ ހުރިހާ ސްޕޮންސާއެއް ކަނޑާލައިފި

24 ޑިސެންބަރު 2024 - 07:23 2

Advertisement

Advertisement

މާލީ ހާލަތު ގޯސްވެފައިވާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިޝްތިހާރުކުރުމަށް ނޫސްތަކާއި ޓީވީ ޗެނަލް ތަކަށް ދެމުންދިޔަ ސްޕޮންސާތައް ކަނޑާލަން ނިންމައިފި އެވެ.

އެ ކުންފުނީގެ މީޑިއާ ޓީމުން ފޮނުވި މެސެޖެއްގައި ބުނީ، މިވަގުތު ކުންފުނި އޮތް ހާލަތުގެ ސަބަބުން އިތުރަށް ސްޕޮންސާޝިޕް ދެވެން ނެތް ކަމަށާއި ނުދެއްކި ހުރި ފައިސާތައް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

މިކަމުގެ އިތުރު ތަފުސީލު ދެއްވަމުން، އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މެނޭޖަރު އިބްރާހިމް ސައީދު ވިދާޅުވީ، އޭނާ ކުންފުންޏާ ގުޅުނުއިރު ކުންފުނިން 17 އަށްވުރެ ގިނަ މީޑިއާތަކަށް ސްޕޮންސާޝިޕް ދެމުންދާ ކަމަށެވެ. އެކަމަށް މަހަކު ދެ ލައްކަ އާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުކުރަމުންދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.

"މިފްކޯއިން މިދޭ ސްޕޮންސާއަކުންނެއް މިފްކޯއަކަށް ފައިދާއެއް ނޫނޭ ވަނީކީ. މި އިންވެސްޓުމަންޓަކީ އަސްލު އެދެވޭ ގޮތެއްގަ މިކަން ކުރެވޭ ކަމަކަށް ނުވެއޭ މެނޭޖްމަންޓުގަ ދެންނެވިން،" އޭނާ ވިދާޅުވި އެވެ.

މި ހަރަދު ސަލާމަތް ކުރުމަށް ފުރަތަމަ ބައެއް މީޑިއާތަކުގެ ސްޕޮންސާ ކަނޑާލި ނަމަވެސް، ކުންފުނި އޮތް ހާލަތުން އިތުރަށް މިކަން ނުކުރެވޭނެތީ އާއި މިކަމުން ކުންފުންޏަށް ފައިދާ ނުވާތީ މިހާރު ވާނީ ހުރިހާ ނޫހަކަށް ދެމުންދިޔަ ސްޕޮންސާތައް ކަނޑާލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

މިފްކޯގެ މާލީ ހާލަތު ގޯސްވެ، މަސްވެރިންނަށް ފައިސާ ދިނުމުގައިވެސް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ ގިނަ ދަތިތަކެއް ކުރިމަތިވި އެވެ. ނަމަވެސް އެ ކުންފުނިން މިހާރު ވަނީ އެކަން ހައްލުކުރުމަށް ބީއެމްއެލް އާއި ފިނޭންސް މިނިސްޓްރީއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފަހުމީ އައުޓް

about 2 months ago

ސްޓެލްކޯ ގައި ހުންނަ ފަހުމީ ކިޔާ ކަލޭގެ އެއީ އެންމެ ބޮޑަށް އަމިއްލައަށް މަސްހޫރު ވާން ކަރަންޓު ބިލު ބޮޑު ކޮއްފަ ނޫސްތަކައް ސުޕިންސާދޭ މީހާ.

އަސްލު.....

about 2 months ago

އެމް އެމް ޓީވީ އަށް އެކަނި ސުޕޮންސާ ދެއްވީމަ ރަގަޅުވާނެ.....