Advertisement

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އިންޑިއާއާ އެކު ދެ މެޗު ކުޅެނީ

about 19 hours 0

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގެ ތެރެެއިން.


ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އިންޑިއާއާ އެކު ދެ މެޗު ކުޅެނީ

about 19 hours 0

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އިންޑިއާއާ އެކު ދެ މެޗު ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން އިއުލާނުކޮށްފައިވާ ގޮތުގައި މި ދެ މެޗު ކުޅޭނީ އަންނަ ހަފްތާގަ އެވެ.

އެ ގޮތުން، ބެންގަލޫރުގައި ކުޅޭ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ މެޗު ކުޅޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

ދުނިޔޭގެ އަންހެން ފުޓްބޯޅައިގެ 69 ވަނައިގައި އޮތް އިންޑިއާ އާއި 163 ވަނައިގައި އޮތް ރާއްޖޭގެ މި ދެ މެޗަކީ، މި އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ފަހު، ރާއްޖޭ ގައުމީ އަންހެން ޓީމުން ކުޅޭނެ ފުރަތަމަ މެޗުތަކެވެ.

ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން އިންޑިއާ މެޗުތަކަށް ގައުމީ އަންހެން ޓީމު ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ.

އަންހެން ފުޓްބޯޅައިގައި އިންޑިއާ އާއި ރާއްޖެ ވަނީ ހަ ފަަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ.

އޭގެ ތެރެއިން ފަސް މެޗުން އިންޑިއާ މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އެ ގޮތުން، 0-0 އިން އެއްވަރުވި މެޗަކީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި މި ދެ ޓީމު ބައްދަލުކުރި މެޗެވެ.

އިންޑިއާ އިން ރާއްޖެ ބަލިކުރި މެޗުތަކަކީ، 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައި 15-0 އިން ރާއްޖެ ބަލިވި މެޗާއި އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 8-0 އިން ބަލިވި މެޗާއި 2019 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 6-0 އިން ބަލިވި މެޗާއި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 5-0 އިން ބަލިވި މެޗުގެ އިތުރުން 2022 ވަަނަ އަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި 9-0 އިން ނިމުނު މެެޗެވެ.