Advertisement

މާލީ ނިޒާމު ހަރުދަނާކުރާ ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ ޝަފީއު

17 ޑިސެންބަރު 2024 - 16:41 0

އަމަން ހަލީމް

އަމަން ހަލީމް

އިކޮނޮމިކް ރިފޯމް ކޮމިޝަނަރު އަސްމާ ޝަފީއު: އޭނާއަކީ ކުރީގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު -- ފޮޓޯ: މީރާ


މާލީ ނިޒާމު ހަރުދަނާކުރާ ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ ޝަފީއު

17 ޑިސެންބަރު 2024 - 16:41 0

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އިސްރޯލެއް އަދާކުރަން އަލަށް އުފައްދާ އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ ޝަފީއު ހަމަޖައްސައިފި އެވެ.

އަސްމާއަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެވުނީ 2019 ގަ އެވެ. އަދި މަގާމު ގެއްލުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 31، ގައި އޭނާގެ ދައުރު ހަމަވުމުންނެވެ.

ރިފޯމް ކޮމިޝަނަރަކަށް މީހަކު ހޯދަން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ އޮތް ކަންކަމަށް ބަލާއިރު، އަސްމާގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމެވެ. އޭގެ ތެރޭގައި އިގުތިސޯދީ ރިފޯމާއި މާލީ ރިފޯމާއި އެސްއޯއީތައް ރިފޯމު ކުރުން ހިމެނެ އެވެ.

ރިފޯމް ކޮމިޝަނަރު ރިޕޯޓުކުރާނީ ފިނޭންސް މިނިސްޓަރު އަދި މިނިސްޓަރުގެ އެޑްވައިޒަރުންނަށް ކަމަށް ފިނޭންސުން އާންމުކުރި ޓާމް ޝީޓުގައިވެ އެވެ.

ސަރުކާރުން ރިފޯމް އޮފީހެއް އުފައްދާފައި މިވަނީ ހަރަދުތައް ކުޑަކުރުމަށާއި އެސްއޯއީތައް ރިފޯމްކުރަން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި އަންނަ އަހަރުން ފެށިގެން ސަބްސިޑީ ދޭ ގޮތް ބަދަލުކުރުމާއި އާސަންދަ ރިފޯމާއި ބައެއް ކުންފުނިތައް އުވާލުމާއި އެއްކޮށްލުން ހިމެނެ އެވެ.