Advertisement

މައިންޒުން ބަޔާންގެ ފުރިހަމަ ލީގު ރެކޯޑް ނިމުމަކަށް ގެނެސްފި

about 7 hours 0


މައިންޒުން ބަޔާންގެ ފުރިހަމަ ލީގު ރެކޯޑް ނިމުމަކަށް ގެނެސްފި

about 7 hours 0

މިއުނިކް (ޑިސެމްބަރު 15) - ޖަރުމަނު ލީގުގައި ރޭ މައިންޒް އަތުން 2-1 އިން ބަލިވެ، ބަޔާން މިއުނިކުން މި ފަހަރުގެ ލީގުގައި ބަލިނުވެ، ދަމަހައްޓަމުން އައި ފުރިހަަމަ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 14 މެޗުން 33 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން ދެ ވަނައިގައި އޮތީ 14 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. އޮއުސްބާގް ދަނޑުގައި ރޭ ލެވަކޫސަން ވަނީ 2-0 އިން މޮޅުވެފަ އެވެ.

މައިންޒް ދަނޑުގައި ކުޅުނު މެޗުގައި ބަޔާނަށް ގިނަ މައްސަލަތަކެއް ކުރިމަތިވިއިރު، މި މެޗުގައި މައިންޒުން ވަނީ ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް ދައްކައި، ރަނގަޅަށް ޑިފެންސް ވެސް ކޮށްފަ އެވެ.

އެ ގޮތުން، މެޗުގެ 41 ވަނަ މިނިޓްގައި ބަޔާންގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، މައިންޒަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް، ލީ ޖޭ ސުން ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އަދި ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، 15 މިނިޓް ހިނގިތަނާ ލިބުނު ފުރުސަތެއްގައި ޖޭ ސުން ވަނީ މައިންޒްގެ ލީޑުފުޅާކޮށްދީފަ އެވެ.

ލަނޑެއް ޖެހޭތޯ ބަޔާނުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. މެޗުގެ 87 ވަނަ މިނިޓްގައި ބަޔާންގެ މި ލަނޑު ޖެހީ، ލެރޯއި ސާނޭ އެވެ.

ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅޭ ބަޔާނުން ރޭގެ މެޗުގައި ކުޅެފައިވަނީ އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. އެ ގޮތުން، އެ ޓީމަށް މި ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހައިދިން ފޯވާޑް، ހެރީ ކޭން ވެސް މި ވަގުތު ހުރީ އަނިޔާގަ އެވެ.