Advertisement

ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕް: ހެލްޕް ނޭޕާލް އަތުން އެޗްޑީސީ ބަލިވެއްޖެ

12 ޑިސެންބަރު 2024 - 11:56 0


ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕް: ހެލްޕް ނޭޕާލް އަތުން އެޗްޑީސީ ބަލިވެއްޖެ

12 ޑިސެންބަރު 2024 - 11:56 0

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކްލަބް ޗެމްޕިއަންޝިޕުގައި ކްލަބް އެޗްޑީސީ އިން ކުޅުނު ތިންވަނަ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އަތުން ބަލިވެއްޖެ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީ އިން ނުކުތީ ނޭޕާލުގެ ގަންޑާކީއާ ދެކޮޅަށެވެ. އެ މެޗު އެޗްޑީސީ އިން 3-2 ސެޓުން ކާމިޔާބުކުރިއިރު, ދެ ވަނަ މެޗުގައި އީރާނުގެ ޗަދޯރުމަލޫ އަތުން 3-2 ސެޓުން ވަނީ ބަލިވެފަ އެވެ. ތިން ވަނަ މެޗުގައި އިންޑިއާގެ ކަލިކަޓް ހީރޯސް އަތުން ބަލިވީ 3-0 އިންނެވެ.

އިއްޔެ އެޗްޑީސީ އިން ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ހެލްޕް ނޭޕާލް އަތުން ބަލިވީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މުޅި މި ސެޓުގައި ކަހަލަ ގޮތަކަށް ލީޑު ކޮށްގެން ކުޅުނީ ހެލްޕް ނޭޕާލުންނެވެ. އެ ޓީމުން މި ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ.

ދެވަނަ ސެޓު ފަށައިގެން އެޗްޑީސީން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްފަ އެވެ. މި ސެޓުގައި އެޗްޑީސީން ފަސް ޕޮއިންޓްގެ ބޮޑު ލީޑެއް ނެގިނަމަވެސް ހެލްޕް ނޭޕާލް ޓީމުން ވަނީ 23-23 އިން އެއްވަރުވެސް ކޮށްފަ އެވެ. އެކަމަކު އެޗްޑީސީން ރަނގަޅު ވަގުތުގައި ޓައިމް އައުޓް ނަގާ މި ސެޓު އެ ޓީމުން ގެންދިޔައީ, 26-24 އިންނެވެ.

ތިން ވަނަ ސެޓު ފަށައިގެން ވެސް އެޗްޑީސީގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. މި ސެޓުގައި އެ ޓީމުގެ ފަރާތުން އާދައިގެ ގޯސްތަކެއް ފެނިގެންދިޔުމުގެ ފައިދާ ނަގާ މި ސެޓު ހެލްޕް ނޭޕާލުން ކާމިޔާބުކުރީ 25-19 އިންނެވެ.

ހަތަރު ވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ނަމަވެސް ސެޓު މުޅި ސެޓުގައިކަހަލަ ގޮތަކަށް ނޭޕާލް ޓީމުން ވަނީ ތިން ޕޮއިންޓްގެ ލީޑެއްގައި އޮވެ ކުޅެފަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު އިން އެޗްޑީސީން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ފަހު ވަގުތު ނޭޕާލް ޓީމުން ވަނީ ތަފާތޔ ދައްކައި 25-21 އިން ސެޓު ކާމިޔާބު ކޮށްފަ އެވެ.

ފަސް ޓީމު ވާދަކުރާ ލީގު ބުރުގެ ގަދަ ހަތަރެއް ސެމީ ފައިނަލަށް ދަތުރުކުރާއިރު، މި ވަގުތު އެޗްޑީސީ އޮތީ ހަތަރު ވަަނައިގަ އެވެ. ސެމީ ފައިނަލުގައި ވާދަކުރަން ޖެެހެނީ ލީގު ބުރުގެ އެއް ވަނަ އާއި ތިން ވަނަ އަދި ދެ ވަނަ އާއި ހަތަރު ވަނަ އެވެ.