Advertisement

ބައްޝާރުލް އަސަދު ފިލަން ޖެހުން މައުމޫނަށްވީ ހިތާމަވެރި ކަމަކަށް

8 ޑިސެންބަރު 2024 - 14:05 2

އަހުމަދު އާއިދު

އ

Advertisement

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް : ސީރިޔާގެ ހުދުމުހުތާރު ރައީސް އަސަދު ފިލަން ޖެހުމުން އެމަނިކުފާނު ވަނީ ހިތާމަކުރައްވާފަ --- ފޮޓޯ: އަދަދު


ބައްޝާރުލް އަސަދު ފިލަން ޖެހުން މައުމޫނަށްވީ ހިތާމަވެރި ކަމަކަށް

8 ޑިސެންބަރު 2024 - 14:05 2

Advertisement

Advertisement

ހަނގުރާމަވެރި ޖަމާއަތްތަކުން ސީރިޔާގެ ވެރިރަށް ދިމިޝްކު ހިފައި، އެ ގައުމުގެ ދުވަސްވީ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމާއެކު ވޭތުވެދިޔަ 24 އަހަރު އެ ގައުމުގެ ވެރިކަމުގައި ހުންނެވި ރައީސް ބައްޝާރުލް އަސަދު ގައުމު ދޫކޮށް ފިލަން ޖެހުމުން ހިތާމަކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ލިޔުއްވާފައިވަނީ، އެމަނިކުފާނުގެ ރަހުމަތްތެރި އަސަދު ގައުމު ދޫކޮށް ފިލަން ޖެހުމުން ހިތާމުކުރައްވާ ކަމަށެވެ. އަދި ސީރިޔާގެ އަހުންނާއި އުހުތުންނަށް ސުލްހަމަސަލަސްކަމާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް، ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި މައުމޫން ލިޔުއްވާފައިވެ އެވެ.

Advertisement

އަސަދުގެ ވެރިކަން ފުރޮޅާލީ މާޗު 2011 ގައި ފެށި ދާހިލީ ހަނގުރާމަ ދަހަރަކަށްވުރެ ދިގު މުއްދަތަށް ދިގުލައިގެން ދިޔުމަށްފަހު އިދިކޮޅު ޖަމާއަތްތަކުން މުޅި ސީރިޔާގެ ކޮންޓްރޯލް ނެގުމާއެކު އެވެ.

މިއާއެކު އަސަދުގެ ވަފާތެރި އެތައް ހާސް ސިފައިން ވެސް ވަނީ ފިލައިގެން އެހެން ތަންތަނަށް ހިޖުރަ ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަނގުރާމަވެރިން މިހާރު ވަނީ އަސަދުގެ ގަނޑުވަރަށް ވެސް ވަދެފަ އެވެ.

އަސަދުގެ 24 އަހަރުގެ ވެރިކަމަކީ ހުދުމުހުތާރު، އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ސީރިއާގެ އާންމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުންވެސް ދެކެ އެވެ. އެގޮތުން 13 އަހަރުވީ ދާހިލީ ހަނގުރާމާގައި އަސަދުގެ ސިފައިން ވަނީ އެ ގައުމުގެ އެތައް ހާސް އާންމުންނެއް މަރާފަ އެވެ.

Advertisement

އަދި އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަމާއި ޖަލުތަކުގައި އެތައް ލާއިންސާނީ އަނިޔާތަކެއް ދިންކަމުގެ ތުހުމަތުވެސް އަސަދުގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ހަނގުރާމަވެރިން މިހާރު ދަނީ އެ ޖަލުތަކުގައި ތިބި އެތައް ބަޔަކު މިނިވަންކުރަމުންނެވެ.

އަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާއަތްތަކުގައި ދިވެހިން ވެސް ހަރަކާތްތެރިވެ އެވެ. އެގޮތުން މިދިޔަ ހަފުތާ ސީރިއާގެ ހަލަބު ސިޓީ ހިފުމުގައި އެ ގައުމުގައި ހަރަކާތްތެރިވާ ދިވެހީން ބައިވެރިވެފައިވާކަން މި ނޫހުގެ ޓީމުން ވަނީ ކަށަވަރުކޮށްފަ އެވެ.

ދިމިޝްގުގެ މަގުތައް މަތީގައި އެތައް ހާސް މީހުން ނުކުމެ އުފާ ފާޅު ކުރަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރެ އެވެ. އޭގެ އިތުރުން މީސްމީޑިއާގައި އަލްޖަޒީރާގެ ނޫސްވެރިން ޕޯސްޓުކޮށްފައިވާ ބައެއް ވީޑިއޯތަކުން ވެސް ސީރިއާއަށް މިނިވަންކަން ލިބިއްޖެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން އުފާ ފާޅު ކުރާ މަންޒަރު ފެނެ އެވެ.

Advertisement

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ވައްޓު

3 months ago

މިކަމާ ގުޅޭ ކޮންމެ ޚަބަރެއްގައި ދިވެހިން އެކަމުގައި ބައިވެރިވި ކަން މި ނޫހުން ކަށަވަރުކޮށްފައިވާކަން ވަރަށް ފަަޚުރުވެރިކަމާއެކު އެބަ ބުނޭ! އެދެން އެހާ މޮޅު ކަމެއް؟ އެހެރީ އެތާ ތިބި ދިވެހިންގެ ވީޑިޔޯތަކާ އެއްޗެހި ނުލާހިކު ފަސޭހައިން ހޯދެން.

އަސްލަމް ޝާކިރު

3 months ago

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ކުއްލިއަކަށް އައި މި ބަދަލު މެދުވެރިވާންވީ ސަބަބުތަކާއި، އޭގެ ފަހަތުގައިވާ ތާރީހާއި އޭގެ ސަބަބުން ނުކުންނާނެ ނަތީޖާތައް ފަހުމުވުމުގެ ގާބިލުކަން ނެތިތިބެ، އެ ގާބިލުކަން ނެތްކަންވެސް ނޭންގޭތިބެ މިކަހަލަ ފުން ސުރުހީތައް، ދެތިން ޖުމުލައަށް ކުރުކޮށްލައިގެން ހަބަރޭކިޔައިގެން ލިޔާތީވެސް އަޅުގަނޑު ވަރަށް ހިތާމަކުރަން.