30 ނޮވެންބަރު 2024 - 09:42 0
އަހުމަދު އާއިދު
އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝާފިއު : އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު ---
30 ނޮވެންބަރު 2024 - 09:42 0
މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓެއް ފޮނުވައިފި އެވެ.
ފުލުހުން ފޮނުވި ޗިޓުގައި ބުނީ އެ މުއައްސަސާއިން ބަލަމުންދަނީ ނޮވެމްބަރު 8، ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ކަމަށްވާ "އެކްސް" ގައި ޝާފިއު ކުރި ޕޯސްޓެއްގެ މައްސަލަ ކަމަށެވެ.
އެ މައްސަލައިގައި އޭނާގެ ބަޔާން ނެގުމަށް ހާޒިރުވުމަށް އަންގާފައިވަނީ، މާދަމާ މެންދުރު 1:30 ގަ އެވެ. ނަމަވެސް އޭނާ ކުރި ޕޯސްޓުގެ ތަފުސީލެއް ފުލުހުން ޗިޓުގައި ބުނެފައެއް ނުވެ އެވެ.
ރައީސް މުއިއްޒުގެ ފޮޓޯ ނެގި މީހެއްގެ ފޯނު ހިފަހަައްޓައިފި
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ސިންގަޕޫރުން އައި ވަގުތު ހަ ވަރަކަށް ފުލުހުން ވެގެން އޭނާ ވަށާލައި، ކޯޓު އަމުރު ދެއްކުމަށް ފަހު އެ މީހާގެ ފޯނު ވަނީ ހިފަހައްޓާފައި
ރައީސް މުއިއްޒުގެ ފޮޓޯ ނެގި މީހެއްގެ ފޯނު ހިފަހަައްޓައިފި
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ސިންގަޕޫރުން އައި ވަގުތު ހަ ވަރަކަށް ފުލުހުން ވެގެން އޭނާ ވަށާލައި، ކޯޓު އަމުރު ދެއްކުމަށް ފަހު އެ މީހާގެ ފޯނު ވަނީ ހިފަހައްޓާފައި
މިކަން ކުށްވެރިކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓުގައި ފައްޔާޒު ލިޔުއްވާފައިވަނީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށެވެ.
"ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
ޝާފިއުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅަށް" އެރި ކަމަށް ބުނެ ކައުންސިލަރުންނަށް ވެސް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވީ ރައީސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބެލުމަށް އެލްޖީއޭ އިން އެންގި މައްސަލަ އަށެވެ.
އޭގެ އިތުރުން، ރައީސް މުއިއްޒު އޯގަސްޓު، 2024، ސިންގަޕޫރުގެ ޝޮޕިން މޯލެއްގައި އުޅުއްވަނިކޮށް ފޮޓޯއެއް ނެގި މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރި އެވެ. އެ ފޮޓޯ ނެގި ކަމަށް ބެލެވޭ މީހާ ދިވެހިރާއްޖެއަށް އައުމުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ވެސް އަތުލައިފަ އެވެ.
0.00%
75.00%
25.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment