Advertisement

ފީފާ ބެސްޓް އެވޯޑްސް ނޮމިނީސް ތެރޭ މި ފަަހަރު ވެސް މެސީ ހިމެނޭ

29 ނޮވެންބަރު 2024 - 10:50 0


ފީފާ ބެސްޓް އެވޯޑްސް ނޮމިނީސް ތެރޭ މި ފަަހަރު ވެސް މެސީ ހިމެނޭ

29 ނޮވެންބަރު 2024 - 10:50 0

ޒިއުރިކް (ނޮވެމްބަރު 29) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ދޭ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އެންމެ ފަހުން މި އެވޯޑް ހޯދި ލިއޮނަލް މެސީ ހިމެނޭ ގޮތަށް އިއުލާނުކޮށްފި އެވެ.

މެސީ ވަނީ، 2019، 2022 އަދި މިދިޔަ އަހަރު ފީފާގެ ބެސްޓް އެވޯޑްސް ހާސިލްކޮށްފަ އެވެ. ބެސްޓް އެވޯޑްސްގެ ފޯމެޓަށް ފީފާ އިން އެވޯޑެއް ދޭން ފެށީ 2016 ވަަނަ އަހަރު އެވެ.

ފީފާ އިން ރޭ އިއުލާނުކުރި މި ފަހަރުގެ ބެސްޓް އެވޯޑްސްގެ ނޮމިނީސް ތެރޭގައި މެސީގެ އިތުރުން ހިމެނެނީ، ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި މެންޗެސްޓާ ސިޓީގެ ރޮޑްރީ، ރެއާލް މެޑްރިޑްގެ ހަ ކުޅުންތެރިން ކަމަށްވާ، ވިނީޝިއުސް ޖޫނިއާ، ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ، ޓޯނީ ކްރޫސް އަދި ޑެނީ ކާވަހާލް އާއި މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް އަދި ބަޔާ ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް އެވެ.

ފީފާ އެވޯޑްތަކަށް ސަޕޯޓަރުންގެ ވޯޓަށް ހުޅުވާލައިފައިވާއިރު، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފީފާ ވެބްސައިޓް މެދުވެރިކޮށް ވޯޓު ލެވޭނެ އެވެ.

މި ފަހަރުގެ ނޮމިނީސް ތެރޭގައި، މިދިޔަ ސީޒަނުގައި އިންޑިވިޖުއަލީ މޮޅު ކުޅުމެއް ދެއްކި އިންޓަ މިލާންގެ ލަޓައުރޯ މާޓީނޭޒް ނުހިމެނެ އެވެ. އަދި ބެލޮންޑިއޯ ނޮމިނީސް ތެރޭގައި ވެސް ނުހިމެނުނު، ލިވަޕޫލްގެ މުހައްމަދު ސަލާހު އަށް ބެސްޓް އެވޯޑްސްގެ ނޮމިނޭޝަނެއް ވެސް ލިބިފައިނުވެ އެެވެ.

އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ، މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ، ރެއާލް މެޑްރިޑްގެ ކާލޯ އަންޗެލޮޓީ، ބަޔާ ލެވަކޫސަންގެ ޒަބީ އަލޮންސޯ، އާޖެންޓީނާގެ ލިއޮނަލް ސްކަލޯނީ އަދި ސްޕެއިންގެ ލުއިސް ޑެ ލަ ފުއެންޓޭ އެވެ.