Advertisement

ކުރީގެ އިއުލާން ބާތިލުކޮށް ބްރޮޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

28 ނޮވެންބަރު 2024 - 14:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ކުރީގެ އިއުލާން ބާތިލުކޮށް ބްރޮޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

28 ނޮވެންބަރު 2024 - 14:32 0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ގެ މެންބަރުގެ ދެ މަގާމެއް ހުސްވުމުން، އެ ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރުމަށް ނޮވެމްބަރު 18، ގައި ކުރި އިއުލާނު ބާތިލުކޮށް އަލުން މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ދައުރު ހަމަވެގެން ހުސްވެފައި ވަނީ ބްރޮޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ގޮނޑި އެވެ.

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން ބްރޮޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ ޑިސެމްބަރު 9، ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ޖެހުމާ ހަމައަށް ކަމަށެވެ.

މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ވެސް ކުރެވޭނެ ކަމަށެވެ.

ބްރޯޑްކޮމް މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް، އަމްޖަދު ވަހީދު އަދި އައިމިނަތު ނުޒުހާ އެވެ.