Advertisement

އުރީދޫގެ "ގްރޯ ވިތު އުރީދޫ" ސެޝަނެއް ސ. ފޭދޫގައި ބާއްވައިފި

28 ނޮވެންބަރު 2024 - 11:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އުރީދޫގެ "ގްރޯ ވިތު އުރީދޫ" ސެޝަނެއް ސ. ފޭދޫގައި ބާއްވައިފި

28 ނޮވެންބަރު 2024 - 11:12 0

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދަމުންދާ ގްރޯ ވިތު އުރީދޫގެ ސެޝަނެއް އައްޑޫ ސިޓީ ފޭދޫގެ އަވަށު އޮފީހާ ގުޅިގެން އެ ރަށުގައި ބާއްވައިފި އެވެ.

އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ގޭގައި ގަސްއިންދުމާއި ހެއްދުމަށް ކުރެވިދާނެ ކަންކަން ކިޔާދީ އަމަލީ ސެޝަނެއްވެސް ކުރިއަށް ގެންދެވުނެވެ.

އެ ސެޝަން ނަގައިދިނީ އުރީދޫގެ "ގްރޯ ވިތު އުރީދޫ" ބްރޭންޑް އެމްބެސެޑާ ރަމްޒީ ހުސައިން އެވެ.

މި ހަރަކާތުގައި އުމުރުން ދުވަސްވީ މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށްގެން އަމަލީ ސެޝަނެއް ކުރިއަށް ގެންދެވި ބައިވެރިންނާއިއެކު މަޝްވަރާކޮށް، އަދި ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށް ދިޔަ އެވެ.

އަދި މިކަހަލަ އެކްޓިވް ހަރަކާތްތަކުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ލިބިދޭ ފައިދާތަކަށް އަލިއަޅުވާލާފައިވެ އެވެ. އެއީ "ގްރޯ ވިތު އުރީދޫގެ" ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ބޭއްވޭ ތިން ވަނަ ހަރަކާތެވެ.

އުރީދޫއިން އަންނަނީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އިންކްލޫސިވް އިވެންޓްތައް ބޭއްވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޖުތަމައުގައި ހަރަކާތްތެރި ފަރާތްތަކުގެ ގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ ގޮތުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

"ގްރޯ ވިތު އުރީދޫ" ސިލްސިލާގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް ދެމެހެއްޓެނިވި އުސޫލުތައް ކުރިއަރުވައި ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފަ އެވެ. މި ސިލްސިލާގައި އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ އެވެ.

އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް ތަފާތު ގުރޫޕްތަކަށް ހިދުމަތް ދޭ ގޮތަށް ހަރަކާތްތައް ފަރުމާކޮށް، އިންކްލޫސިވް ކޮމިއުނިޓީތައް ބިނާކުރުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރެ އެވެ.

މައުލޫމާތު ހިއްސާކުރުމާއި އަމަލީ ހުނަރުގެ ޒަރިއްޔާއިން މި ޑިމޮގްރަފިކް ބާރުވެރިކުރުވައި، އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަކީ ކުންފުނީގެ އަމާޒެކެވެ.