Advertisement

ދޯހާ މެރަތަން: އުރީދޫއިން ހުޅުވާލި ފުރުސަތު މާދަމާ ހަމަވަނީ

25 ނޮވެންބަރު 2024 - 09:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދޯހާ މެރަތަން: އުރީދޫއިން ހުޅުވާލި ފުރުސަތު މާދަމާ ހަމަވަނީ

25 ނޮވެންބަރު 2024 - 09:12 0

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ ތެރެއިން ދެ މީހަކަށް ގަތަރުގައި އަންނަ އަހަރު ބާއްވާ ދޯހާ މެރަތަންގައި ބައިވެރިވާން ފުރުސަތު ލިބޭ ލަކީ ޑްރޯގެ މުއްދަތު މާދަމާ ރޭ 23:59 ގައި ހަމަވާނެ އެވެ.

އުރީދޫގެ އެސިސްޓެންޓް މެނޭޖާ، ޕަބްލިކް ރިލޭޝަންސް، މަރިޔަމް ޝިއުނާ ހަމީދު "އަދަދު" ނޫހަށް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ 17 ގައި ބާއްވާ މެރަތަންގައި ދުވުމުގެ ފުރުސަތު ލިބޭ ދެ ނަސީބުވެރިންގެ ދަތުރުގެ ހަރަދާއި ހުރުމުގެ ހަރަދު، އަދި ރެޖިސްޓްރޭޝަންގެ ކަންކަން ހަމަޖައްސާނީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަމަށެވެ.

ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތައް:

  • އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަސްވުން
  • ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން) އަދި މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން.
  • ނޮވެމްބަރު 26 ގެ 23:59 ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން.

އުރީދޫއިން އަންނަނީ ކަސްޓަމަރުންނަށް އަބަދުވެސް އެކި ފުރުސަތުތައް ތަނަވަސް ކޮށްދީ، ކަސްޓަމަރުން ޝައުގުވެރިވާ އެކި ލަކީ ޑްރޯތައް އަބަދުވެސް ހިންގަމުންނެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ދޯހާ މެރަތަންގައި ވެސް ގުރުއަތުން ހޮވުނު އުރޫދީގެ ކަސްޓަމަރުން ބައިވެރިވި އެވެ.