about 5 hours 0
ލީވާން އަލީ ނާސިރު
about 5 hours 0
އިޒްރޭލާއި ލުބްނާނުގެ ދިފާއުގައި އެ ގައުމުގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ އިން ކުރަމުންދާ ހަނގުރާމަ މެދުކަނޑާލައި ހަމަލާ ބަދަލު ކުރުންތައް ހުއްޓާލަން ރޭ އެއްބަސްވެއްޖެ އެވެ.
އެމެރިކާއިން ހުށަހެޅި އެއްބަސްވުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެ، ހަނގުރާމަ މެދުކަނޑާލަން ނިންމީ އިޒްރޭލުގެ ވަޒީރުންގެ މަޖިލީހުންނެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 60 ދުވަސް ތެރޭގައި އެއްވެސް ހަމަލާއެއް ނުދީ އިޒްރޭލުން އެ ގައުމުގެ ސިފައިން ލުބްނާނުން އަނބުރާ ގެނައުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ މުއްދަތުގައި ހިޒްބުﷲ އިން އެއްވެސް ހަމަލާއެއް އިޒްރޭލަށް ނުދިނުަމަށާއި އިޒްރޭލުން ސުންނާފަތިކޮށްލި ހިޒްބުﷲ ގެ އެއްވެސް ތަނެއް އަލުން އިމާރާތް ނުކުރަން އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.
ހަނގުރާމަ މެދުކަނޑާލަން ބުނި ގަޑި ފެށިފައިވީ ނަމަވެސް، އިޒްރޭލުން ވަނީ ލުބްނާނުގެ ރައްޔިތުން ރައްކާތެރިކަމުގެ ގޮތުން މިވަގުތު އެ މީހުންގެ ގެތަކަށް އަނބުރާ ނުދިޔުމަށް އިންޒާރު ދީފަ އެވެ. ނަމަވެސް ލުބްނާނުގެ ރައްޔިތުން ދަނީ އަނބުރާ އެ މީހުންގެ ގެތަކަށް ދިޔުމަށް ތައްޔާރުވަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހަނގުރާމަ މެދުކަނޑާލުމުގެ ކުރިން އިޒްރޭލުން ވަނީ ލުބްނާނުގެ ބެއިރޫތުއަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހެދި އެއްބަސްވުން ދިގު ދެމިގެންދާނެ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ހިޒްބުﷲ އާ ދެމެދު ދިޔައީ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެ ހަމަލާތަކުގައި 3،823 މީހުން މަރުވިއިރު، 15،859 މީހުން ވަނީ ޒަހަމްވެފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލް އާންމުގައި މިހާތަނަށް 44،249 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކަމާ ނުބެހޭ ކުޑަ ކުދިންނާއި އަންހެނުންނެވެ.
Comment