26 ނޮވެންބަރު 2024 - 05:58 6
އަހުމަދު އާއިދު
26 ނޮވެންބަރު 2024 - 05:58 6
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ, ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުން އަދި ނަޝީދުގެ ފަރާތުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް އަބްދުއްރަހީމް އާއި ނަޝީދު މިއަދު ހެނދުނު، ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައި ބައްދަލުކުރެއްވިކަން، އެ މައުލޫމާތު އެނގޭ ބައެއް މީހުން "އަދަދު" ނޫހަށް ކަށަވަރުކޮށް ދެއްވި އެވެ.
މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލްއާ ސުވާލުކުރުމުން ޖަވާބެއް ނުދެ އެވެ.
އަބްދުއްރަހީމް އާއި ނަޝީދު ބައްދަލު ކުރެއްވީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެ އެވެ. މި ދެ ބޭފުޅުން ބައްދަލު ކުރެއްވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ނުރަސްމީ ދަތުރެއްގައި އިނގިރޭސިވިލާތުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މި އަހަރު ކުރީކޮޅު އިސްތިއުފާ ދެއްވުމަށްފަހު ނަޝީދު މިހާރު ދިރިއުޅުއްވަނީ ގާނާގަ އެވެ. ގާނާއަށް ވަޑައިގެންނެވީ އެމަނިކުފާނު އިސްވެ އުފެއްދެވި ކްލައިމެޓް ވަލްނެރިބިލިޓީ ފަންޑު (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް މަގާމު އަދާކުރެއްވުމަށެވެ.
ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ނަޝީދު ވަނީ މާލެ ވަޑައިގެންފަ އެވެ. ގާނާއަށް ދިރިއުޅުން ބަދަލު ކުރެއްވިފަހުން މީގެ ކުރިން ވެސް ނަޝީދު ވަނީ މާލެ ވަޑައިގެންފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ނަޝީދުގެ ދަ ޑެމޮކްރެޓްސް ޕާޓީގެ ގިނަ މެންބަރުން ނުރަސްމީކޮށް ތާއިދު ކުރެއްވި އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް ޑިމޮކްރެޓުންގެ އިސްވެރިން ދަނީ ފާޑުކިޔަމުންނެވެ.
ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު އުފެދުނު މައްސަލަތަކުގައި ނަޝީދު ބޭނުންވެވަޑައިގެންނެވީ ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޓިނު
4 months ago
އަބުދުރަހީމް ނަޝީދުއާ ބައްދަލްކުރި ވާހަކަ ބުނީމަ ޕާޓީކުދިންނަށް ހާދަވަރެއްތިވަނީ އަބުދުއްރަހީމް ވެސް ހަމަ ބޮޑުވަޒީރަކަށް ވަރަށް ރަނގަޅު ރައީސްކަމަށް މުއީޒު ހުރުމަށް ވުރެ މާ ހެޔޮވާޅެ.
އއނ
4 months ago
ދޮން އަމާ ކީކޭ ތިކިޔަނީ ތީ އެމްޑީޕީން ޕުރެޕަގެންޑާ ފަތުރާ މުނާފިގު ނޫހެއް ކަލޭމެންނަކައް ނުލިޔެވޭނެ ތެދު އެއްވާހަކައެއްވެސް. ދޮގުވާހަކަ ފަތުރަފަތުރާ ތިބެން ޖެހޭނީ. ތިގޮތައް ފަތުރާ ކޮންމެ ދޮގު ހަބަރަކައް ކަލޭމެއައް ލައްކައިން ލާރި ލިބެއެއްނު.
ސޯސް
4 months ago
ޓްރަސްޓް މީ ބްރޯ.
އަދުރޭ ( އަލްޢާލިމުލް މެތަމެޓިކްސް ވަ ފިޒިކުސް)
4 months ago
ޢަދަދަށް ކިޔަންވީ ފިތުނަ ނޫސް ވާނުވާ ނުބަލާ ޚަބަރު ނިލިޔެބަލަ.
ތައުފީގް
4 months ago
ދޮގުމުޅިއަށް އިތުރު ދޮގުނުހަދާ ތިޔަ ބައްދަލުވުމުގެ ފޮޓޯއެއް ދައްކާލަބަލަ
ޢަދުރޭ
4 months ago
ދޮގެއް. މުންޑޫ އެބައޮތް ޓްވީޓްވެސް ކޮށްފަ
Comment