Advertisement

މީޑިއާ އިންޓަވިއު މާ ގިނަ، އަމޮރިމް ބޭނުމީ ޔުނައިޓެޑް ކުޅުންތެރިންނާ އެކު ގިނަ ވަގުުތު

about 3 hours 0


މީޑިއާ އިންޓަވިއު މާ ގިނަ، އަމޮރިމް ބޭނުމީ ޔުނައިޓެޑް ކުޅުންތެރިންނާ އެކު ގިނަ ވަގުުތު

about 3 hours 0

މެންޗެސްޓާ (ނޮވެމްބަރު 25) - މެެންޗެސްޓާ ޔުނައިޓެޑްގެ ކަންކަން ރަނގަޅުކުރަން އޭނާ އަށް ބޭނުންވަނީ ކުޅުންތެރިންނާ އެކު ވީހާވެސް ގިނަ ވަގުުތު ޓްރެއިނިންގެ ކަންކަން ކުރިއަށްގެންދިއުމަށް ކަމަށް ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

އަމޮރިމް، ރަސްމީކޮށް ޔުނައިޓެޑާ ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީ ރަށުންބޭރުގައި އިޕްސްވިޗު ޓައުންއާ 1-1 އިން އެެއްވަރުވެފަ އެވެ.

އެ މެޗަށް ފަހު، އަމޮރިމް ބުނީ، ޔުނައިޓެޑާ ހަވާލުވުމަށް ފަހު، މިވީ ހަފްތާއެއްހާ ދުވަސްތެރޭގައި އޭނާ މީޑިއާ އިންޓަވިއުތަކުގައި އުޅުނު މިންވަރު މިދިޔަ ހަތަރު އަހަރު ސްޕޯޓިން ލިޒްބަންގައި ކުރަން ޖެހުނު މުއްދަތާ ނުބައްދަލު ކަމަށެވެ.

"ކުޅުންތެރިން މާ ބޮޑަށް ކުރަންވީ ކަންތައްތަކާ، ހުންނަންވީ ކަންތައްތަކާ މެދު ވިސްނަން ހަދައިގެން ޕްރެޝަރަށް ދިޔައީ. އަހަންނަށް މުޅި ޓީމުއެކުގައި ލިބުނީ ދެ ދުވަހެއް ވަރު، އެހެންވީމަ، އެކުގައި ގިނަ މަސައްކަތްތައް ކުރަމުންދާ ވަރަކަށް މި ކަންކަން ހައްލުވާނެ،" އަމޮރިމް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގައި ބޭނުންވާ ކަންކަން ރަނގަޅުކުރަން އެކަށީގެންވާ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަހަރެން ބުނާނީ ވަރަށް ދިގު މުއްދަތެއް ވެސް ނަގައިފާނެ، ސީދާ އަހަރެން ބޭނުންވާ ސިސްޓަމަށް މި ކަންކަން ގެންނަން، މިއީ، ޔަގީންކަމާ އެކު ބުނާ އެއްޗެއް ނުން، ފެކްޓަށް ވިސްނާފައި ދައްކާ ވާހަކައެއް،" އަމޮރިމް ބުންޏެވެ.

ޔުނައިޓެޑަށް ދެން އޮތީ ޔޫރޮޕާ ލީގުގައި އަންނަ ބުރާސްފަތި ދުވަހު ބޯޑް/ގިލްމްއާ ދެކޮޅަށް ކުޅޭ މެޗެވެ.