about 3 hours 0
ލީވާން އަލީ ނާސިރު
ފުލުހުން މަސްތުވާތަކެތީގެ ޓެސްޓު ހެދުން: ކަނޑު މަގުން ރާއްޖެއަށް އެތެރެކުރި ދޮޅު ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގަނެފައި -- ފޮޓޯ: އަދަދު ފައިލް
about 3 hours 0
ކަނޑު މަގުން ރާއްޖެއަށް އެތެރެކުރި 1.518 ކިލޯގެ މަސްތުވާތަކެތި ކަސްޓަމް ސާވިސްއިން މިއަދު އަތުލައިގަނެފި އެވެ.
ކަސްޓަމުން ބުނީ މާލެ ކޮމާޝަލް ހާބަރުން އަތުލައިގަތް އެ މަސްތުވާތަކެތި މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ކަސްޓަމުން ހާމަކޮށްފައެއް ނުވެ އެވެ.
ކަސްޓަމުން މި ތަކެތި ފެނުނު ކަމަށް ބުނެފައި މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު މަސް ބޯޓަކުން ވެސް ގިނަ އަދަދެއްގެ ޑްރަގު ފެނިގެން އުޅޭ ދަނޑިވަޅެއްގަ އެވެ. އެ ބޯޓުން 468 ކިލޯގެ މަސްތުވާތަކެތި ފެނުނުއިރު، އެ ތަކެތީގެ މަގުމަތީ އަގު ބިލިއަނަކަށް ވުރެ އިތުރެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ވެސް ކޮމާޝަލް ހާބަރުން އަތުލައިގަތް ބާވަތް ކަމުގައިވާ މެތުގެ 344 ފެނުނެވެ. ދެން އެ ބޯޓުގައި ހުރީ 124 ކިލޯގެ ކޮކެއިން އެވެ.
ރާއްޖެއަށް ގެންނަ މަސްތުވާތަކެތި ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާއިރު، ފުލުހުންނާއި ކަސްޓަމްސްއިން އަންނަނީ މަސްތުވާތަކެތި އެތެރެ ކުރުމުގެ ދޮރުތައް ބަންދު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ގިނަ އަދަދެއްގެ ޑްރަގު އަތުލައިގަތް މައްސަލައާ ގުޅުވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ދައުރުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.
Comment