about 17 hours 0
ލީވާން އަލީ ނާސިރު
about 17 hours 0
ސިއްހީ އިންޒާރުގެ ލޭބަލް ނެތްނަމަ އަމިއްލަ ބޭނުމަށް ވެސް މިހާރު ސިނގިރޭޓު އެތެރެ ނުކުރެވޭ ކަމަަށް ބައެއް މީހުން ބުނެފި އެވެ.
ރާއްޖޭން ބޭރުގައި އުޅެފައި އަންނައިރު ބައެއް މީހުން އަމިއްލަ ބޭނުމަށް ސިނގިރޭޓު ގެނެ އެވެ. އެކަމަށް ކުރިން އުނދަގުލެއް ނެތަސް، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރި ފަހުން، އިންޒާރުގެ ލޭބަލް ހުރިތޯ ޗެކްކޮށް، އެ ލޭބަލް ނެތް ނަމަ އެތެރެކުރުމުގެ ހުއްދަ ނުދޭ ކަމަށް، މި ފަހުން ރާއްޖޭން ބޭރުން އައި ބައެއް ދިވެހިން އަދަދު ނޫހަށް ކިޔައި ދިނެވެ.
މަޝްހޫރު ވިޔަފާރިވެރިޔަކު ބުނީ އޭނާ މިދިޔަ ހަފުތާގައި ދުބާއީން އައިއިރު، ގެނައި ސިނގިރޭޓު ފޮށިތައް ކަސްޓަމްސްއިން ހިފެހެއްޓި ކަމަށާއި، އެ ސިނގިރޭޓުކޮޅު ނައްތާލަން ނިންމީ އިންޒާރުގެ ލޭބަލް ނެތުމުންނެވެ.
"މީގެ ކުރިން އެގޮތަކަށް ނައްތައިނުލާ،" އޭނާ ބުންޏެވެ.
ދުންފަތް ހުއްޓުވުމުގެ ގާނޫނާއި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުގައި އަދި ދުންފަތުގެ ބާވަތްތަކުގައި ސިއްހީ އިންޒާރުގެ ލޭބަލް ޖަހަންޖެހެ އެވެ. ނަމަވެސް، އަމިއްލަ ބޭނުމަށް ގެންނަ ސިނގިރޭޓު ނުހިފަހައްޓަ އެވެ.
"ލޭބަލް ނެތް ނަމަ ޑިއުޓީ ދައްކާފައި ވެސް އެތެރެކުރަން ހުއްދަ ނުދޭ،" އަދަދު ނޫހާ ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.
އޭނާ ބުނީ ސިނގިރޭޓާ ޖެހުމުން ދިވެހީންގެރާއްޖޭގައި ދިވެހިންނަށް އިސްކަމެއް ނެތް ކަމަށެވެ. ޓޫރިސްޓުންނަށް ހާއްސަ އުސޫލެއްގެ ދަށުން، އިންޒާރުގެ ލޭބަލް ނެތަސް ސިނގިރޭޓު އެތެރެ ކުރެވެނީ އަމިއްލަ ބޭނުމަށް އެތެރެ ކުރާ އެއްޗިއްސަށް ވާތީ ކަމަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޓޫރިސްޓުންނަށް ޑިއުޓީ ދައްކަން ނުޖެހި އެތެރެ ކުރެވޭނީ 200 ސިނގިރޭޓު ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމް ދުންފަތެވެ. އެއީ 10 ފޮށި ސިނގިރޭޓު ނުވަތަ ސިނގިރޭޓު ކާޓަނެކެވެ. މިއީ އަމިއްލަ ބޭނުމަށް ގެންނަ ތަކެއްޗަށް ވާން ޖެހެ އެވެ.
Comment