މަޓާ، އެމްއެލްއެސް ޓީމެއްގެ ހިއްސާދާރަކަށް

21 ނޮވެންބަރު 2024 - 08:58 0


މަޓާ، އެމްއެލްއެސް ޓީމެއްގެ ހިއްސާދާރަކަށް

21 ނޮވެންބަރު 2024 - 08:58 0

ސެން ފްރަންސިސްކޯ، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 21) - އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބް ސެން ޑިއޭގޯ އެފްސީގެ ހިއްސާއެއް، ސްޕެއިނުގެ ފުޓްބޯޅަ ކުޅުންތެރިޔާ، ހުއާން މަޓާ ގަނެފި އެވެ.

އޮސްޓްރޭލިއާގެ ވެސްޓާން ސިޑްނީ ވެންޑާސް އެފްސީ އަށް ކުޅެމުން އަންނަ މަޓާ، 36، އަކީ ކުޅުމުގެ ކެރިއަރު ކުރިއަށްގެންދަމުން، އެމްއެލްއެސް ޓީމެއްގެ ހިއްސާ ގަތް ފުރަތަމަ ކުޅުންތެރިޔާ އެވެ.

އެންމެ ފުރަތަމަ އެމްއެލްއެސް ޓީމެއްގެ ހިއްސާ ގަތް ފުޓްބޯޅަ ކުޅުންތެރިއަކީ، އިންޓަ މިއާމީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އިނގިރޭސި ލެޖެންޑް، ޑޭވިޑް ބެކަމް އެވެ. ބެކަމް ވަނީ ކުރިން ލޮސް އެންޖެލްސް ގެލެކްސީ އަށް އެމެއެލްއެސްގައި ކުޅެފަ އެވެ.

ސްޕެއިނުގެ ވެލެންސިއާ އާއި އިންގްލެންޑްގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު މަޓާ ބުނީ، ކުޅުމުގެ ކެރިއަރަށް ފަހު ވެސް ފުޓްބޯޅައިގެ ތެރެއަށް އުޅުމާއި ފުޓްބޯޅައިގެ އިންވެސްޓްމަންޓްގެ ތެރޭގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އަބަދުވެސް އޭނާގެ އޮންނަ ކަމަށެެވެ. އެ ގޮތުން، ސެން ޑިއޭގޯ އަކީ ފުޓްބޯޅައިގެ ސިޓީ އަކަށް ނިސްބަތްވާ ކްލަބަކަށްވާއިރު، އޭނާ ބޭނުމީ، ގިނަ ކަންތައްތައްތަކެއް ސެން ޑިއޭގޯ މެދުވެރިކޮށް ހާސިލްކުރަން ކަމަށް މަޓާ ވަނީ ބުނެފަ އެވެ.

ސެން ޑިއޭގޯގެ ޗެއާމަން، މުހައްމަދު މަންސޫރު ވިދާޅުވީ، މަޓާ ފަދަ ދުނިޔޭގެ ވަރުގަދަ ޓީމުގެ ފުޓްބޯޅަ ތަޖުރިބާ ހުރި މަޝްހޫރު ކުޅުންތެރިއަކު އެ ޓީމުގައި އިންވެސްޓް ކުރަން ނިންމުމަކީ އެ ކްލަބް ކުރިއަށްގެންދަން ބަލާއިރު ވަރަށް ގިނަގުނަ ގޮތްގޮތުން ފައިދާކުރާނެ ކަމެއް ކަމަށެވެ.