about 14 hours 0
އަހުމަދު އާއިދު
ފާރިސް މައުމޫން : ގާނޫނުއަސާސީއަށް ގެނައި ބަދަލު ފުށުއަރާ ކަމަށް ބުނެ އޭނާ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅަން ގޮވާލައްވާފަ --- ފޮޓޯ: މިރާން ނާޝިމް / އަދަދު
about 14 hours 0
ޕާޓީ ބަދަލު ކުރުމުންނާއި ޕާޓީން ވަކި ކުރުމުން މަޖިލިސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ގާނޫނު އަސާސީއާ ފުށޫއަރާ ކަމަށް ބުނެ، ބަދަލުގެ ގާނޫނީ ސައްހަކަމާމެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ހުށަހަޅަން މަޖިލީހުގެ ކުރީގެ މެންބަރު ފާރިޝް މައުމޫން ގޮވާލައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާ މިއަދުން މިއަދަށް މަޖިލީހުގެ މަސައްކަތްތައް ނިންމި މި ބަދަލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ތަސްދީގުވެސް ކުރައްވާފަ އެވެ.
އެ ބަދަލުގައިވާ ގޮތުން އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުުމުން މެންބަރުކަން ގެއްލޭނެ އެވެ.
ފާރިޝް ސުވާލު އުފައްދާފައިވަނީ މަޖިލިސް މެންބަރުން މަގާމުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް އޮތް އޮތުމާ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ މެންބަރަކު އިންތިހާބު ވުމަށްފަހު، އޭނާގެ ދާއިރާގެ ރައްޔިތުންނާއެކު އޮންނަންޖެހޭ ގުޅުން އެއްކޮށް ކަނޑުވާލާ، ރައްޔިތުންގެ ބާރު މުޅިން ނިގުޅައިގަންނަ ބަދަލެއް ކަމަށެވެ.
"މި ބަދަލަކީ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ފުށުއަރާ ބަދަލެއް. މިބަދަލުގެ ގާނޫނީ ސައްހަ ކަމާމެދު ގޮތެއް ނިންމުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް، ބާ ކައުންސިލަށާއި ދިވެހި ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ގާނޫނީ ވަކީލުން އަރިހުން އެދެން،" ފާރިސް ލިޔުއްވާފައިވެ އެވެ.
ސަރުކާރުގެ ބިލު މަޖިލީހުން ހުށަހެޅީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އަދި ކަމާބެހޭ އެއްވެސް އިތުރު ފަރާތެއްގެ ހިޔާލެއް ބަހެއް އަދި މަޝްވަރާއެއްވެސް ހޯދުމެއްނެތި އެވެ. މި އިސްލާހުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުންވެސް މިއަދު ގޮވާލި އެވެ.
މަޖިލިސް މެންބަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަސް ހިމެނުމަށް ސަރުކާރުން ހުށަހެޅި މި ބިލަށް އިދިކޮޅު އެމްޑީޕީން އިސްލާހެއްވެސް ހުށަހެޅި އެވެ. ނަމަވެސް ސަރުކާރުގެ ފުރިހަމަ ތާއީދު އޮތް މަޖިލީހުން ވަނީ އެ އިސްލާހު ބޭރުކޮށްލާފަ އެވެ.
މެންބަރުން ވަކިކުރުން ބަދަލު ގެނައުމުގެ އިތުރުންވެސް ސަރުކާރުން ވަނީ ގާނޫނު އަސާސީއަށް ޖުމްލަ ފަސް އިސްލާހެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް އުނިއިތުރު ގެނައުމަށާއި ރާއްޖޭގައި އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން ތިބުމަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދުން ވަނީ ލާޒިމުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment