about 3 hours 0
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން:
about 3 hours 0
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު ތިބި ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާ އުވާލަން ހައި ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކޮށްފި މެންބަރަކު އިސްތިއުފާ ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ ދައުރެއްގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދީފި ނަމަ، ހަތް ދުވަހުގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.
ހަމަ އެގޮތަށް އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަވެސް ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާ ދޭންޖެހެ އެވެ. އަދި ސިޔާސީ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފި ނަމަވެސް އިސްތިއުފާ ދޭންޖެހެ އެވެ. އެކަމަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ވަކި ކުރީ ރަނގަޅަށްތޯ ބަލަން ކޯޓަށް ދިޔުމުގެ އިހުތިޔާރު މެންބަރަށް ލިބެ އެވެ.
އެ ގާނޫނުގެ ދަށުން، އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ވެސް ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހެ އެވެ.
އަނީސް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާ އެ މައްސަލަ ހުށަހެޅީ، ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހެޅުމަކީ ގާނޫނު އަސާސީގެ ބާރު ހިނގާ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ކަމަށެވެ.
Comment