Advertisement

ރޭ ފެން ހިންދަން ސިފައިން ނުނެރޭ ކަމަށް ބުނެ ޑިފެންސުގެ ސްޓޭޓް މިނިސްޓަރަކު ދޮގު ހަދައިފި

17 ނޮވެންބަރު 2024 - 16:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު


ރޭ ފެން ހިންދަން ސިފައިން ނުނެރޭ ކަމަށް ބުނެ ޑިފެންސުގެ ސްޓޭޓް މިނިސްޓަރަކު ދޮގު ހަދައިފި

17 ނޮވެންބަރު 2024 - 16:53 0

ރޭ މާލެއަށް ވެހުނު ވާރޭގައި އައިޖީއެމްއެޗް ސަރަހައްދުގެ ހެދުނު ފެންގަނޑު ހިންދަން ސިފައިން ނުނެރޭ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމު ދޮގު ހައްދަވައިފި އެވެ.

ރޭ ވެހުނު ވާރޭގައި އައިޖީއެމްއެޗް ސަރަހައްދުގައި ފެން ހެދުނު މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ. އެ ސަރަހައްދުގައި އާންމުކޮށް ހެދޭ ވަރަށް ރޭ ވެސް ފެން ބޮޑުވި އެވެ.

އެ ސަރަހައްދުގައި ރޭ ފެން ބޮޑުނުވާ ކަމަށް ބުނެ މުއާޒު ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވަނީ މިއަދު ނަގާފައިވާ ވީޑިއޯ އެކެވެ. މިއީ ފެންބޮޑުވެފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ބަޔަކު ދިފާއީ ވަޒީރަށް ޓެގްކޮށް ފޮޓޯތަކެއް ދައުރުކުރާތީ އެ ވުޒާރާއިން ހެނދުނު އެ މަގުގެ ހާލަތު ބެލިއިރު އެމަގު އޮތްގޮތް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

"ޔަގީންވާކަމަކީ ފެން ހިއްކަން ސިފައިން ނެރެން ނުޖެހުނުކަން. އެހެންވީމާ ސްޓޯމް ވޯޓާ ސިސްޓަމް ހަމަ ރަނގަޅު. ވެހޭ ގަޑީގަ ފެން އޮންނަނީ މަތިން ވެހެނީ ފެން ވީމަ" މުއާޒު ލިޔުއްވާފައިވެ އެވެ.

ނަމަވެސް، ރޭ ވާރޭ ވެހި ފެންބޮޑުވެގެން ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވި ކަމަށް ބުނެ އެމްއެންޑީއެފް އިން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވެ އެވެ. އެ ފޮޓޯގައި ހިއްސާކޮށްފައިވާ ފޮޓޯތަކުންވެސް ފެންނަނީ އައިޖީއެމްއެޗް ސަރަހައްދެވެ.

ފެން ހެދުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވީ އޮކްޓޯބަރު މަހު އައިޖީއެމްއެޗް ސަރަހައްދުގައި ގާއިމުކުރި ސްޓޯމް ވޯޓާ ނިޒާމާއެކު އެ ސަރަހައްދުގައި ފެން ބޮޑުނުވާ ކަމަށް ބުނެ ސަރުކާރާއި އެކްޓިވިސްޓުން ތައުރީފުކޮށްފައިވުމުން އެކަމާ ގުޅުވަ އެވެ.

އެގޮތުން، އޮކްޓޯބަރު 11، ގައި ވެހުނު ވާރޭގައި ފެން ނުހެދޭ ކަމަށާއި ގެއަށް ފެންނަ ނުވަންނަ ކަމަށް ރައްޔިތުންނަށް ހަވާލާދީ ޑިފެންސް މިނިސްޓްރީން ސޯޝަލް މީޑިއާގައި ޕޯސްޓުވެސް ކުރި އެވެ. އެ ޕޯސްޓު އަދިވެސް ފެންނަން އެބަހުއްޓެވެ.

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މާލޭގެ މަގުތަކުގައި ހެދޭ ފެން ހިންދުމުގެ މި މަޝްރޫއު ކުރިއަށްގެންގޮސްފައިވަނީ ދިފާއީ ވުޒާރާގެ އިސްނެގުމުގެ ދަށުން، ދިވެހި އަސްކަރިއްޔާއާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަމާއެކު އެވެ.