about 13 hours 0
about 13 hours 0
އެމްޑަބްލިއުއެސްސީ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މި ފަހަރު ތިން އުމުރުފުރާގެ މޮޅު ހަ އެތުލީޓުން ގިނަ މީޓް ރެކޯޑްތަކަކާ އެކު މުބާރާތް ނިންމައިލައިފި އެވެ.
އެ ގޮތުން، މުބާރާތުގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ދެ އުމުރުފުރާ އިން މޮޅު އެތުލީޓުން ހޮވިިއިރު، ކޮންމެ މޮޅު އެތުލީޓަކު ވެސް މީޓް ރެކޯޑެއް ހަދާފައިވާއިރު، ޖުމްލަ އެކު ނުވަ މީޓް ރެކޯޑް ވަނީ މި ފަހަރުގެ މުބާރާތުގައި ހަދައިފަ އެވެ.
ޖުމްލަ އެކު، 52 ސްކޫލަކުން 1563 އެތުލީޓުން ވަނީ ބައިވެރިވި މި ފަަހަރުގެ މުބާރާތުގައި ގިނަ ވަނަތައް ކަނޑައަޅަން ޖެހުނީ ފޯރިގަދަ ރޭސްތަކަކަށް ފަހު އެވެ. އެ ގޮތުން، މިއަދުގެ ފަހު އިވެންޓްތަކުން ވެސް ގިނަ މަގާމްތަކެއް ވަނީ ކަނޑައެޅިގެން ގޮސްފަ އެވެ.
ތޭރަ އަހަރުން ދަށުގައި ހޮވާފައިވަނީ ގަދަ ތިނެކެވެ. އެ ގޮތުން، އަންހެން ޗެމްޕިއަން ސްކޫލަކަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޮވުނުއިރު، ފިރިހެން އެއް ވަނަ ސްކޫލްގެ މަގާމު ލިބުނީ، ރެހެންދި ސްކޫލް އަށެވެ. މި އުމުރުފުރާގެ ދެ ވަނަ ސްކޫލަކަށް ފިރިހެން ބައިން އަބޫބަކުރު ސްކޫލް ހޮވުނުއިރު، ތިން ވަނަ ލިބުނީ، ހާފިޒު އަހުމަދު ސްކޫލަށެވެ. އަންހެން ދެ ވަނަ ސްކޫލަކަށް މުހައްމަދު ޖަމާލުއްދީން ސްކޫލް ހޮވުނުއިރު، ތިން ވަނަ ލިބުނީ، ކަނޑުހުޅުދޫ ސްކޫލް އަށެވެ.
15 އަހަރުން ދަށް
އެންމެ މޮޅު އަންހެން އެތުލީޓު: އައިމިނަތު އައުހާ އަބްދުއް ރަހްމާން (އަފީފުއްދީން ސްކޫލް)، 100 މީޓަރު، 200 މީޓަރު، ލޯންގް ޖަމްޕް ރަން މެޑަލް (100 އާއި 200 މީޓަރު މީޓް ރެކޯޑެއް)
އެންމެ މޮޅު ފިރިހެން އެތުލީޓު: އުލްވާން އިބްރާހިމް އުމަރު (އިސްކަންދަރު ސްކޫލް)، 100 މީޓަރު، 200 މީޓަރު ރަން މެޑަލް (200 މީޓަރު މީޓް ރެކޯޑެއް)
17 އަހަރުން ދަށް
އެންމެ މޮޅު އަންހެން އެތުލީޓު: ޒީކް އަޝްރަފު ރަޝީދު (އިސްކަންދަރު ސްކޫލް)، 800 މީޓަރު، 1500 މީޓަރު ރަން މެޑަލް (800 މީޓަރު އާއި 1500 މީޓަރު މީޓް ރެކޯޑް)
އެންމެ މޮޅު ފިިރިހެން އެތުލީޓު: އަހުނަފް ރައްޔާން ފަހުމީ (ގދ. އަތޮޅު ތައުލީމީ މަރުކަޒު)، 100 މީޓަރު، 200 މީޓަރު އަދި ލޯންގް ޖަމްޕް ރަން މެޑަލް (200 މީޓަރު މީޓް ރެކޯޑެއް)
20 އަހަރުން ދަށް:
އެންމެ މޮޅު އަންހެން އެތުލީޓު: އައިޝަތު ޝައިމް އަޒީޒް (އައްޑޫ ހައި ސްކޫލް)، ލޯންގް ޖަމްޕް، ހައި ޖަމްޕް އަދި ޖެވެލިން ތުރޯ ރަން މެޑަލް (ހައި ޖަމްޕް އާއި ޖެވެލިން ތުރޯ އިން މީޓް ރެކޯޑް)
އެންމެ މޮޅު ފިިރިހެން އެތުލީޓު: އަހުމަދު އަބްސަލް މުހައްމަދު ޖަލީލް (އައްޑޫ ހައި ސްކޫލް)، 100 މީޓަރު އާއި 200 މީޓަރު ރަން މެޑަލް (200 މީޓަރު މީޓް ރެކޯޑެއް)
ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ، އަންހެން ބައިން މުހައްމަދު ޖަލާލުއްދީން ސްކޫޅް އަދި ފިިރިހެން ބައިން، ޝަރަފުއްދީން ސްކޫލް އެެވެ. ސަތާރަ އަހަރުން ދަށުގެ ބައިން އަންހެން މޮޅު ސްކޫލަކަށް ޝަރަފުއްދީން ސްކޫލް ހޮވުނުއިރު، ފިިރިހެން ބައިން މޮޅު ސްކޫލަކީ، ގދ. އަތޮޅު ތައުލީމީ މަރުކަޒު އެވެ. އަދި 20 އަހަރުން ދަށުގެ ބައިން، މޮޅު ސްކޫލްގެ މަގާމު އަންހެން އަދި ފިރިހެން ބައިން ވެސް ލިބިފައިވަނީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަށެވެ.
Comment