about 11 hours 0
މުހައްމަދު ޝަހްޒާން
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ގުޓެރޭޒް ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
about 11 hours 0
އަޒަރުބައިޖާން ގައި މިހާރު ކުރިއަށްދާ ކޮޕް29 ގެ ހަވާސާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލު ކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީ ވަރަށް މުހިންމު ކަމަށް ވިދާޅުވެ ވާހަކަދައްކަވައިފަ އެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އދ. އިން ކުރަމުންދާ މަސައްކަތަށް ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދައިދިނުމަށް އދ. އިން ކުރަމުންދާ މަސައްކަތްތައް މެދުނެކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ގުޓެރޭޒް ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މޫސުމީ ބަދަލުތަކާއި ވިލުންތެރިކަމާއި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެއްބާރުުން ދޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުން ނިންމަވައިލެއްވުމުގެ ކުރިން ދެ ފަރާތުން ވެސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment