Advertisement

ބަޖެޓު ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށް ގެންދަން ފާސްކޮށްފި

13 ނޮވެންބަރު 2024 - 09:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި: މިއަދުގެ ޖަލްސާގެ ވަގުތު މިރޭ 11:00 އާ ހަމައަށް އިތުރުކުރަން ވަނީ ފާސްކޮށްފަ ---- ފޮޓޯ: މަޖިލިސް އިދާރާ


ބަޖެޓު ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށް ގެންދަން ފާސްކޮށްފި

13 ނޮވެންބަރު 2024 - 09:40 0

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސް މިރޭ 11 ޖަހަން ދެން ކުރިއަށް ގެންދަން ފާސްކޮށްފި އެވެ.

ބަޖެޓުގެ ބަހުސް ނިންމުމަށްޓަކައި މިއަދުގެ ޖަލްސާގެ ވަގުތު އިތުރު ކުރުމަށް ހުށަހެޅީ ރިޔާސަތުންނެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިރެއާ ހަމައަށް ވަގުތު ދަންމާލަން ހުށަހެޅީ ހުސް ވަގުތައް ތަންދެމުން ބަޖެޓު ބަހުސްގައި ހުރިހާ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ. ބަޖެޓު ބަހުސް ފަށާފައި ވަނީ އިއްޔެ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 39.7 ބިލިއަން ރުފިޔާ އެވެ.

އެހެން އަހަރުތަކާ ހިލާފަށް އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލުތައް ހާމަނުކުރެ އެވެ. އެހެންވެ، އެ ތަފްސީލު ހޯދަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުންނާއި އެ ޕާޓީގެ އިސްވެރިން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.