Advertisement

ޗެލްސީ އަށް ކޮންފަރެންސް ލީގުގައި ރެކޯޑް މޮޅެއް

about 3 hours 0


ޗެލްސީ އަށް ކޮންފަރެންސް ލީގުގައި ރެކޯޑް މޮޅެއް

about 3 hours 0

ލަންޑަން (ނޮވެމްބަރު 8) - އާރްމީނިއާގެ ނޯއާ އެފްސީ އަތުން 8-0 އިން މޮޅުވެ، ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ކޮންފަރެންސް ލީގުގެ ތާރީހުގައި އެންމެ ބޮޑު މޮޅު ހޯދި ޓީމުގެ ރެކޯޑް ޗެލްސީން ގާއިމްކޮށްފި އެވެ.

މީގެ ތިން އަހަރު ކުރިން ފެށި ކޮންފަރެންސް ލީގުގައި، ރޭގެ މެޗުގެ ކުރިން އެންމެ ފަރަގު ބޮޑު މޮޅަކީ މިދިޔަ ސީޒަނުގައި ނޮސްޖައެލަންޑުން 7-1 އިން ލުޑޮގޮރެޓްސް އަަތުން މޮޅުވި ނަތީޖާ އެވެ. އެކަމަކު، އަމިއްލަ ދަނޑުގައި ރޭ ޗެލްސީން ނޯއާ ބަލިކޮށް، އާ ރެކޯޑެއް ހެދީ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި އަށް ގޯލުގެ ތެރެއިން ހަ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މި ސީޒަނުގައި ޗެލްސީއާ ހަވާލުވި ކޯޗު، އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ޓީމުގެ ހާލަތު ބަދަލުކުރަމުން އަންނަ ޗެލްސީ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަށް ބަލާއިރު، ޖޮއާއޯ ފެލިކްސް ދެ ގޯލާއި ކްރިސްޓޮފާ އެންކުންކޫ ދެ ގޯލާއި ޓޮސިން އަޑޮރަބިޔޯ، މިހައިލޯ މުޑްރިކް، މާކް ގުއިއޫ އަދި އެކްސަލް ޑިސާސީ ހިމެނެ އެވެ.

މީގެ އިތުރުން، ވެސް މި މެޗުގައި ޗެލްސީ އަށް ލަނޑު ޖަހަން ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ.

ކޮންފަރެންސް ލީގުގެ އެއް ވަނައިގައި ޗެލްސީ އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު، ލަނޑުގެ ތަފާތުންނެވެ. ޗެލްސީ އެކޭ އެއްވަރަށް ތިން މެޗުން ޕޮއިންޓް ހޯދި އިތުރު ފަސް ޓީމެއް އެބައޮތެވެ.