6 ނޮވެންބަރު 2024 - 12:33 2
6 ނޮވެންބަރު 2024 - 12:33 2
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުން އަލީ ނަޝާތާއި މުހައްމަދު އާސިފުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ތޯހާ މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ތިން މިނިވަން މުއައްސަސާއެއްގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައި މިވަނީ، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން އުޅޭ ދަނޑިވަޅެއްގަ އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އެޖެންޑާގައި މިއަދު ކުރިއަށް ދިޔައީ ވެސް އެ ގޮތުން ހުށަހަޅާފައިވާ ދެ ބިލުގެ މަސައްކަތެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވީ ކާކު ކަމެއް ސާފެއް ނޫނެވެ. ކޮމިޓީން މިއީ "ހައްސާސް" މައްސަލައެއް ކަމަށް ނިންމައި ކޮމިޓީގެ އެބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ކޮމިޓީ ސިއްރުކުރުމުގެ ކުރިން ކުރިއަށް ދެކެވުނު ވާހަކަތަކުގައި އެ ކޮމިޝަންތަކުގެ މެންބަރުންނާ ގުޅޭ ގޮތުން އެ ކޮމިޓީއަށް ސިޓީތަކެއް ލިބިފައިވާ ކަމަށް ފާހަގަކުރި އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އެންމެންނަކީ ވެސް ކުރީ ސަރުކާރުގެ ދުވަސްވަރު އަދި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ދުވަސްވަރު އެ މުއައްސަސާތަކަށް އައްޔަންކޮށްފައިވާ މެންބަރުންނެވެ.
އެ ގޮތުން ސީއެސްސީއަށް ނާސިހު އައްޔަނުކުރީ ސެޕްޓެމްބަރު 3، 2020 ގަ އެވެ. އީސީއަށް ނަޝާތު ދެ ވަނަ ދައުރަކަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 16، ގަ އެވެ. އަދި އާސިފް އައްޔަނުކުރީ ސެޕްޓެމްބަރު 6، 2021 ގަ އެވެ. އޭސީސީއަށް ތޯހާ އައްޔަނުކުރީ މާޗު 17، 2022 ގަ އެވެ.
44.44%
0.00%
55.56%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަންދަލުސް
4 months ago
ރާއްޖެ ޓީވީން އޭރު ތަންތަނަށް ލީ މީހުން ވެސް ވަކި ކުރަން އެބަޖެހޭ. މިނިވަން މުއައްސަސާތަކާއި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ވެސް އެބަ ތިބި އެ މީހުން. މީހުން މަދުކުރާ އިރު ވެސް އެ މީހުން ކަނޑައެއް ނުލާ ސިޔާސީ މަގާމުތަކުން ވެސް
ވާނެވަރު
4 months ago
މިލިސްޓަށް އޯޑިޓާ ޖަނަރަލްވެސް އިތުރުކުރަންފެނޭ> ޖަނަރަލްގެ ބައެއް ރިޕޯޓްތައް ވަކިބަޔަކު ބޭނުންވާ ގޮތަށް ނެރެމުންދާކަން ތުހުމަތުކުރެވޭ.
Comment