about 2 hours 0
ލީވާން އަލީ ނާސިރު
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުން: އަމާޒު ހިފާފައި ވަނީ އެ މަސައްކަތް އަހަރެއް ތެރޭގައި ނިންމުމަށް -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
އެއް އަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފައި، ޔޫއެންޑީޕީ އަދި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭންގެ ތައްޔާރު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ކަމާ ބެހޭ ހުރިހާ ފަރާތްތަކާއި ރައްޔިތުންގެ ފުރިހަމަ ހިޔާލާއި މަޝްވަރާ ހޯދައިގެން އެކުލަވާލާ އެ ޕްލޭންގެ މަސައްކަތް ރަށްރަށުގައި ކުރިއަށް ގެންގޮސް، އެކި ދާއިރާތަކާއި ސިޔާސީ ޕާޓީތައް ވެސް މަސައްކަތުގައި ބައިވެރި ކުރަން ވަނީ ހަމަޖެހިފަ އެވެ.
އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގާނޫނީ ބާރުވެރިކަން ހޯދުމަށް ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް އެކުލަވާލައި، އެ ޕްލޭން ދެމެހެއްޓިނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ހޯދުމަށް ގާނޫނު އަސާސީއަށް މާއްދާއެއް އިތުރު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޕްލޭންގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ 20 އަހަރުގެ ޕްލޭން ވެގެންދާނީ ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ތަރައްގީ ބައްޓަން ކުރުމަށާއި ގައުމު ދަތުރު ކުރާނެ ފަހި މިސްރާބެއް ކަނޑައެޅުމަށް އެކުލަވާލެވޭ މުހިންމު މަގު ޗާޓަކަށް ކަމަށެވެ.
"މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތް އާންމު ދިރިއުޅުމުގެ ހާލަތު ދެނެގަނެ، ދާއިރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ވަޒަންކޮށް، ހެއްކާއި މައުލޫމާތުގެ އަލީގައި ކަންކަން އިސްލާހުކޮށް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތް އިލްމީ ނަޒަރަކުން ދެނެގަނެވޭނެ،" ހައިދަރު ވިދާޅުވި އެވެ.
ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާއިރު، މުޅި ޕްލޭން އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ދިވެހިން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ގައުމީ ތަރައްގީގެ 20 އަހަރުގެ ޕްލޭނެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment