Advertisement

އަލޮންސޯ އަށް އަބަދުވެސް ލިވަޕޫލް ހާއްސަވާނެ

5 ނޮވެންބަރު 2024 - 06:27 0


އަލޮންސޯ އަށް އަބަދުވެސް ލިވަޕޫލް ހާއްސަވާނެ

5 ނޮވެންބަރު 2024 - 06:27 0

ލިވަޕޫލް (ނޮވެމްބަރު 5) - ލިވަޕޫލަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރަށް ބަލާނަމަ އަބަދުވެސް ހާއްސަވާނެ ޓީމެއް ކަމަށް ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލް ދަނޑުގައި އެ ޓީމާ ދެކޮޅަށް މިރޭ ލެވަކޫސަން ގޮވައިގެން އަލޮންސޯ، 42، ނުކުންނައިރު، މިއީ ކޯޗިން ކެރިއަރުގައި ލިވަޕޫލް ދަނޑުގައި އަލޮންސޯގެ ފުރަތަމަ ތަޖުރިބާ އެވެ. އަލޮންސޯ ބުނީ، މިއީ ޔޫރަޕް ފުޓްބޯޅައިގައި ނަތީޖާއެއް ނެރެން އެންމެ އުނދަގޫ ދަނޑު ކަމަށެވެ.

"ލިވަޕޫލް ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުމަކީ އެންމެ އުނދަގޫ ޗެލެންޖް މި ވަގުތަށް އޮތް އެކަން ގަބޫލުކޮށްގެން މި މެޗަށް މި ނުކުންނަނީ،" 2004 އިން 2009 އަށް ލިވަޕޫލަށް 114 މެޗު ކުޅެދިން އަލޮންސޯ ބުންޏެވެ.

"ލިވަޕޫލް އަހަންނަށް އަބަަދުވެސް ހާއްސަވާނެ. އެކަމަކު، މި މެޗުގެ ހުރިހާ ފޯކަސް އަކަށް ބަލާއިރު، އަހަރެން މި ހުރީ އަހަރެންގެ ޓީމު (ލެވަކޫސަން) މޮޅުވާން ކުރަން ހުރި ހުރިހާ ކަމެއް ކުރަން،"

ލިވަޕޫލްގެ ކޯޗު ކަމަށް އާނާ ސްލޮޓް ހަމަޖެއްސުމުގެ ކުރިން، އެ ކްލަބުން އަލޮންސޯއާ ވެސް ވާހަކަ ދެއްކި އެވެ. އެކަމަކު، އަލޮންސޯ ނިންމީ ޖަރުމަނުގެ އެންމެ ފަހުގެ ޗެމްޕިއަން، ލެވަކޫސަންގައި މަޑުކުރާށެެެވެ.

ޗެމްޕިއަންސް ލީގުގެ ތަށި 2005 ވަނަ އަހަރު ލިވަޕޫލާ އެކު ހޯދި އަލޮންސޯ ބުނީ، ލިވަޕޫލްގައި މިހާރު މަސައްކަތް ކުރަމުން އަންނަ ކޯޗު ސްލޮޓްގެ މަސައްކަތް ފުޓްބޯޅައިގައި އުޅޭ ކޮންމެ މީހަކު ވެސް ބަލައިގަންނާނެ ކަމަށެވެ.

އަލޮންސޯއާ ގުޅޭގޮތުން ސުވާލުކުރުމުން، ސްލޮޓް ބުނެފައިވަނީ، އާދަޔާހިލާފު ކެރިއަރެއް ނިންމާލުމަށް ފަހު، އަލޮންސޯ ފަށާފައިވަނީ ތަފާތުތަކެއް ދައްކާނެ ކޯޗިން ކެރިއަރެއް ކަމަށެވެ.

މި ފަހަރު ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ކުޅުނު ތިން މެޗުން މޮޅުވެ، ދެ ވަނައިގައި އޮތްއިރު، ލެވަކޫސަން ވަނީ ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ. ލެވަކޫސަން އޮތީ ލީގު ތާވަލުގެ ހަ ވަނައިގަ އެވެ.