4 ނޮވެންބަރު 2024 - 02:46 5
ކުރީގެ ރައީސް، މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވި ދުވަހު -- ފޮޓޯ: އަދަދު ފައިލް
4 ނޮވެންބަރު 2024 - 02:46 5
މީގެ 36 އަހަރު ކުރިން، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާ ގުޅޭ މައުލޫމާތު އަހުމަދު އިސްމާއިލް (ބޮޑު ސިއްކަ) އަށް އެނގޭ މިންވަރަށް, އެނގޭ އެތައް ބަޔަކު އެބަ ތިބި ކަމަށާއި އޭނާއަށް އެނގިފައި އޮތް މައުލޫމާތު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކިޔައިދިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ނުރަސްމީކޮށް ގެންގުޅުއްވާ އެކްސް އެކައުންޓު، "އަނެއްދިވެހިރާއްޖެ" އިން ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު އަޑުއައްސަވާފައި އޮތް ގޮތުން ސިއްކަ އޮތީ މާކުރިން އޭނާއަށް އެނގޭ މައުލޫމާތު ރައީސް މައުމޫނަށް ދަންނަވާފައި ކަމަށެވެ.
"ސިއްކަ އަނދަގޮނޑި ޖަހައި، ޗޭނު ޖަހައި، އަނިޔާކޮށް ރައީސް މައުމޫން އެދިވަޑައިގަންނަވާ ގޮތަށް ބަޔާން ނެގި ކަމުގައިވިޔަސް އެއީ އެކަން ހިނގައިދިޔަ ގޮތް ކަމަށް މިއަދު ދެކޭ ނަމަ އެއީ ވަރަށް ބޮޑު ދެރައެއް،" ރައީސް ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ބޮޑު ސިއްކަ އަކީ ރައީސް ނަޝީދުއާ އާއިލީ ގުޅުން އޮންނަ މީހެކެވެ. އަދި އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕާފުޅު ވެސްމެ އެވެ.
ބޮޑު ސިއްކައަށް ކުރަނީ 1988 ގައި ތަމަޅައިންގެ ބަޔަކާ ގުޅިގެން ބަޑި ހިފައިގެން މާލެ އަރައި ދިން އުދުވާނީ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް މައުމޫންގެ ވެރިކަމުގައި ހުކުމެއް ވެސް ކުރި އެވެ. ނަމަވެސް މައުމޫން ވަނީ ފަހުން ސިއްކައަށް މައާފު ދީފަ އެވެ.
ނަމަވެސް ކޮންމެ އަހަރެއްގެ ނަސްރުގެ ދުވަހާ ގުޅުވައި ސިއްކަ އާ ގުޅޭގޮތުން އެކި ވާހަކަތައް ސޯޝަލްމީޑިއާގައި ފެތުރެ އެވެ. އެ ތުހުމަތުތައް އެ އާއިލާއިން އަބަދުވެސް ދޮގު ކުރެ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކޮންމެ އަހަރަކު އެކަން އެގޮތަށް ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
"ކޮންމެ ނޮވެމްބަރު 3، ގައި ރައީސް މައުމޫން އަށް ސަނާ ކިޔައި، އަދި ސިއްކަ އާއި އޭނާގެ އާއިލާ ބަދުނާމު ކުރަމުން މި ގެންދަނީ ވަރަށް ބޮޑު ބޭއިންސާފުގައި،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ބޮޑު ސިއްކަ މިހާރު ދިރިއުޅެމުން ދަނީ ސްރީލަންކާގަ އެވެ. އެ ގައުމަށް އޭނާގެ ދިރިއުޅުން ބަދަލު ކުރީ 2000 ވަނަ އަހަރުގެ ކުރީކޮޅު ސިޔާސީ މައިދާން ހަލަބޮލިވެ، ސިޔާސީ މީހުންނަށް ނުރައްކާތަކެއް ކުރިމަތިވުމުންނެވެ.
ނޮވެމްބަރު 3، އާ ގުޅުވައި މީހުން ކުރާ ތުހުމަތުތަކާ ގުޅިގެން މިދިޔަ އަހަރު ވެސް ރައީސް ނަޝީދު ވާހަކަ ދެއްކެވި އެވެ. އެގޮތުން އެމަނިކުފާނު މިދިޔަ އަހަރު ވިދާޅުވީ ސިއްކަގެ ބަޔާން ނެގީ އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެންގޮސްގެން ކަމަށެވެ.
"ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭ. އޭނާއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތްމައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފް ބަޔާނަކީ ބޮޑު އޮޅުވާލުމެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.
12.50%
37.50%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހައްޖާޖު
4 months ago
ދެން ކޮންމެ ނޮވެމްބަރު 3، ގައި ރައީސް މައުމޫން އާއި އޭނާގެ އާއިލާ ބަދުނާމު ކޮށް އަށް ސަނާ ކިޔައި، އަދި ސިއްކަ އަށް ސަނާ ކިޔަމުން ގެންދަންވީ ތޯ
މާހިދު
4 months ago
އަންނި މެދުވެރިކޮށް ދެންނެވީ
ވާނުވާ
4 months ago
ކަލޭ ދެން ސިއްކައަށް މާ ހެޔޮއެދިގެން އުޅޭނެކަމެއްނެތް. ވީކަމެއް ކުރިކަމެއް އެއޮތީ ވެފަ. މީހުން އެއްޗެހިވެސް ކިޔާނެ، އެކަހަލަ ކަންކަން ގައުމަށް ކުރީމަ. ކަލޭވެސް އަދިވެސް ތިޔާއުޅެނީ އެގޮތަށް. ބަަދަލެއް އައިއްސިތަ؟ ނާދެއެއްނު. އެކަންކަމަކީ ގައުަމަށް ޣައްދާރުވުން. އެކަން ދިވެހީންގެ ހިތަކުން ފިލައިގެނެއް ނުދާނެ. ނުވެސް ފޮރުވޭނެ. ކަން ހިނގިގޮތް ކަލޭވެސް ތިޔާއުޅެނީ އޮޅުވާލަން. ކަލޭވެސް މީހާއަށްވުރެ އަނގަބޮޑީ
ދބޯގެރި
4 months ago
ކޮންމެހެނ ދެބޯގެރި ދުއްވާކަށް އުލޭނެކަމެއްނެތް ތިޔައީ އެ ބަޣާވާތުގެ މޭސްތިންގެތެރޭގައި ހިމެނޭ ބާޣީއެއް އެކަން ދިވެހިރައްޔިތުންނަށް އެނގޭ ކޮންމެހެން މޮޅުވާހަކަ ދައްކައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލަން އުޅޭނެކަމެއްނެތް ވެރިކަމުގެ ހުރެގެން 3 ނޮވެމްބަރ ފާހަގަކުރަން ކަންކުރިގޮތްވެއްސްއެނގޭ
ލާމު
4 months ago
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. ތިވެސް ސިއްކައެއް. ތިޔަ ލޭގައިވެސް ހުރީ ވެރިކަމުގެ ދަހިވެތިކަން.
Comment