Advertisement

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް އަރުވަން ނިންމައިފި

2 ނޮވެންބަރު 2024 - 07:55 1

ލީވާން އަލީ ނާސިރު

ލ

Advertisement

މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް: ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އެރުވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ؛ ރައީސް އޮފީސް


ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް އަރުވަން ނިންމައިފި

2 ނޮވެންބަރު 2024 - 07:55 1

Advertisement

Advertisement

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް އެރުވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

މޫސާ އަލީ ޖަލީލަށް އެ އިއްޒަތް އެރުވުމަށް ރައީސް ކަނޑައެޅުއްވީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

Advertisement

ވަކިން ހާއްސަކޮށް، 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

އެ އިއްޒަތް މޫސާ އަލީ ޖަލީލުއަށް އަރުވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ގާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު) ގެ ދަށުން ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް އެރުވުމަށް ހަމަޖެހިފައި ވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާ އޮންނާނީ، މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގަ އެވެ.