Advertisement

އެމްއައިބީގެ މޯބައިލް އެޕް އަޕްގްރޭޑްކޮށް މުޅިން އާ ހިދުމަތްތަކެއް ތައާރަފްކޮށްފި

1 ނޮވެންބަރު 2024 - 22:54 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއައިބީގެ މޯބައިލް އެޕް އަޕްގްރޭޑްކޮށް މުޅިން އާ ހިދުމަތްތަކެއް ތައާރަފްކޮށްފި

1 ނޮވެންބަރު 2024 - 22:54 1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް، މުޅިން އާ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އެރުވުމާއެކު ބޭއްވި ހަފްލާއެއްގައި ދައްކާލި އެމްއައިބީގެ އާ މޯބައިލް އެޕްލިކޭޝަނުން އެކްސެސް އޮތް އެހެން އެކައުންޓްތަކަށް ސްވިޗް ކުރެވެ އެވެ.

މިގޮތުން، ފަސޭހަ ކަމާ އެކު އެޕްރޫވް ކުރަން ޖެހޭ ޓްރާންސެކްޝަންތައް އެޕްރޫވް ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް ބޭނުންކޮށްލަން ފަސޭހަ ގިނަ ކަންކަން ވަނީ އެޕްގައި ހިމަނާފަ އެވެ.

އެމްއައިބީން އަލަށް ތައާރަފްކުރި "ބިންގާ ކިޑްސް އެކައުންޓް" ގެ ތެރޭގައި ތަފާތު ތިން ވައްތެރެއްގެ އެކައުންޓު ހިމެނޭ ބަންޑަލް ޕެކޭޖެއް ލިބޭނެ އެވެ.

އެ ޕޭކޭޖުގައި ކޮންމެ ކުއްޖަކަށް ވެސް ބިންގާ ޓްރާންސެކްޝަން އެކައުންޓާއި، ބިންގާ ސޭވިން އެކައުންޓުގެ އިތުރުން ބިންގާ އިންވެސްޓްމަންޓް އެކައުންޓު ވެސް ލިބޭނެ އެވެ.


ބިންގާ ޓްރާންސެކްޝަން އެކައުންޓު މެދުވެރިކޮށް ދަރިން މާލީ ގޮތުން ޒިންމާދާރު ކުރުވުމަށް ބެލެނިވެރިންގެ ބެލުމުގެ ދަށުން ބޭނުން ކުރެވޭ އެ އެކައުންޓަށް ކޭޝް ކާޑެއް ލިބެ އެވެ. ހަރަދު ކުރެވޭ ލިމިޓް ބެލެނިވެރިންނަށް ކަނޑައެޅޭއިރު ދަރިންނަށް ފަހަށް ރައްކާ ކުރުމަށް ވެސް އެ ކައުންޓުން ބާރު އެޅެ އެވެ.

ހަފްލާގެ ތެރެއިން ރާއްޖޭގެ މާހައުލަށް މުޅިން އަލަށް ތައާރަފް ކުރީ ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ އަނގޮޓީއެެކެވެ. ކޭޝް ކާޑާއި ދާދި އެއްގޮތަކަށް މަސައްކަތް ކުރާ އެ އަނގޮޓީގެ އެކި ޑިޒައިންގެ އިތުރުން އެކި ސައިޒު ވެސް ލިބެ އެވެ.

އެމްއައިބީން ބުނީ އާދީއްތަ ދުވަހުން ފެށިގެން މާލޭ ބިޒްނަސް ސެންޓަރު، ހ. މެރިންޑްރީމްއިން އަދި ރަށްރަށުގައި ގާއިމު ކޮށްފައި ހުންނަ ބްރާންޗުތަކުން އެ އަނގޮޓި ލިބެން ހުންނާނެ ކަމަށެވެ.

އެމްއައިބީއަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކިން ހިދުމަތްތައް ދެމުން އަންނަ ބޭންކެކެވެ. އެގޮތުން ބޭންކަށް ނުގޮސް ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތް ދޭ ހަމައެކަނި ބޭންކަކީ އެމްއައިބީ އެވެ.

މިހާރު ވިޔަފާރި އެކައުންޓު ވެސް އޮންލައިންކޮށް ހުޅުވޭއިރު އެމްއައިބީން އަލަށް ތައާރަފްކުރި ހިދުމަތްތަކާ އެކި ހިދުމަތް ހޯދުމަށް އިތުރަށް ފަސޭހަވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.