Advertisement

އާސެނަލްގެ ކަންކަން ހުރީ ނެޓްފްލިކްސް ސީރީސެއް ހެން

31 އޮކްޓޯބަރު 2024 - 18:34 0


އާސެނަލްގެ ކަންކަން ހުރީ ނެޓްފްލިކްސް ސީރީސެއް ހެން

31 އޮކްޓޯބަރު 2024 - 18:34 0

ލަންޑަން (އޮކްޓޫބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، އާސެނަލްގެ ކަންކަން ހުރީ މި ވަގުތަށް ބަލާއިރު، ނެޓްފްލިކްސް ސީރީސް އެއް ބެލުން ކަހަލަ ގޮތަކަށް ކަމަށް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ފްރާންސްގެ ޕެޓްރިސް އެވްރާ ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު، ރިއޯ ފާޑިނެޓްގެ ޝޯ އަށް ދިން އިންޓަވިއުއެއްގައި، އޭނާއާ އެކު ޔުނައިޓެޑަށް ކުރިން ކުޅުނު ފުލްބެކް، އެވްރާ ބުނީ، އާސެނަލުން ކާމިޔާބު ހޯދާނެ ކަމަށް ބެލުން އެއީ, މިހާރު ކުރިއަށް އޮތް ސީޒަނަށް އިންތިޒާރުކުރަން ޖެހުން ކަހަލަ ކަމެއް ކަމަށެވެ.

"ކޮންމެ ސީޒަނެއް ވެސް ދާނީ މިކަހަލަ ގޮތަކަށް. ދެން އޮތް ސީޒަނަށް އިންތިޒާރުކުރަން އާސެނަލް ސަޕޯޓަރުންނަށް މިޖެހެނީ. މިއީ ނެޓްފްލިކްސް ސީރީސް އެއް ބެލުން ކަހަލަ ކަމެއް" އެވްރާ ބުންޏެވެ.

އެވްރާ ބުނީ އާސެނަލްގެ ވާހަކަ ދައްކާއިރު، މެންޗެސްޓާ ޔުނައިޓެޑްވެސް އޮތީ މިހާރު ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ. މިއީ، އެއްގޮތަކަށް ވެސް މި ދެ ކްލަބްގެ އަޅާކިޔުމެއް ކުރިއަށްގެންދިއުމަށް ކުރާ ކަމެއް ނޫން ކަމަށާއި އާސެނަލްގެ ހާލަތު ރަނގަޅުކަމަށް ގިނަ ބަޔަކު ދެކޭތީ އޭނާގެ ނަޒަރުގައި ކަންކަން އޮތްގޮތް ބުނެދެނީ ކަމަށެވެ.

އެވްރާ މިހެން ބުނިއިރު, އާސެނަލުން މިދިޔަ ދެ ސީޒަން ވެސް ނިންމާލީ ސީޒަނުގެ އެކި ހިސާބުތަކުގައި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި އޮވެގެންނެވެ. އެކަމަކު، ސީޒަންގެ ފަހު ކޮޅު ޕޮއިންޓްތަކެއް ނަގާލާ އާސެނަލަށް ތައްޓާ ހަމައަށް ދެވިފަ އެއް ނުވެ އެވެ.

އާސެނަލް އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2004 ވަނަ އަހަރު އެވެ. މި ސީޒަނުގައި ލީގު ނުލިބިއްޖެނަމަ، ލީގު ނުހޯދައި 20 އަހަރު ވީ އެވެ.