Advertisement

އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅައިފި

29 އޮކްޓޯބަރު 2024 - 19:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު: އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ހުށަހަޅަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް


އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅައިފި

29 އޮކްޓޯބަރު 2024 - 19:58 0

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުނި ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުސް އޮފީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސް ކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީއަށް އާސަންދައިން ފޮނުވި ސިޓީއެއްގައި ބުނީ އެ ކުންފުނިން ނޯތު ކޯސްޓްރަކްޝަންއަށް ހޮސްޕިޓަލެއް އެޅުމަށް ހަވާލު ކުރުމަށްފަހު، އެ އެއްބަސްވުން ބާތިލް ކުރުމާ ގުޅިގެން ފައިސާ ދޭން ޖެހުނު ކަމަށާއި 2022 ގައި އެ ހޮސްޕިޓަލުގެ ބަދަލުގައި އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

ސައުތު ކޯސްޓަށް އެ މަސައްކަތް ނުކުރެވުނީ އެ ކުންފުނީގައި އެކަން ކުރުމުގެ ގާބިލުކަން ނެތުމުން ކަމަށް ބެލެވޭ ކަމަށް ވެސް އާސަންދައިން ވަނީ ސިޓީގައި ފާހަގަކޮށްފަ އެވެ.

އެ މައްސަލައާ މެދު ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެއްޅުއްވި ގޮތަށް ކޮމިޓީން ނިންމީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށެވެ.

ނާޒިމް ވިދާޅުވީ އެ މަޝްރޫއަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިނުމުން ސުވާލު އުފެދޭ ކަމަށާއި އެއީ ސްކޭމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މިގޮތުން ނާޒިމް އިތުރަށް ހުށަހެޅުއްވީ ސައުތު ކޯސްޓާއި އާސަންދައާ ދެމެދު ހަދާފައި އޮތް އެއްބަސްވުން ނިމުމަކަށް ގެނެސް، އެޑްވާންސް ޕޭމަންޓް ރިކަވާ ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެ ހުށަހެޅުން ވެސް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.