Advertisement

ވީއޭއެމް ކަޕް: ޕޮލިސް، އެޗްޑީސީ އަދި ސްޕޯޓްސް ކްލަބް ސިޓީ އަށް މޮޅެއް

29 އޮކްޓޯބަރު 2024 - 07:52 0

އަތޫފް އާތިފް

އަތޫފް އާތިފް


ވީއޭއެމް ކަޕް: ޕޮލިސް، އެޗްޑީސީ އަދި ސްޕޯޓްސް ކްލަބް ސިޓީ އަށް މޮޅެއް

29 އޮކްޓޯބަރު 2024 - 07:52 0

މައިލޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގައި ޕޮލިސް ކްލަބް، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކްލަބް އެޗްޑީސީ އަދި ސްޕޯޓްސް ކްލަބް ސިޓީ އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.

އިއްޔެ ފެށި އެސޯސިއޭޝަން ކަޕްގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބުން ނުކުތީ، ބްލޫސް ފޯ ވޮލީބޯލްއާ ދެކޮޅަށެވެ. މި މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ, 22-25, 21-25 އަދި 19-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކްލަބްގެ ދިރްވިލް ނަޔާންދަބާއި އެވެ.

ދެވަނަ މެޗުގައި އެޗްޑީސީ އިން ނުކުތީ ކްލަބް ހާފްލައިން ލިންކޭޖްއާ ދެކޮޅަށެވެ. މި މެޗު އެޗްޑީސީ އިން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފަ އެވެ. މި މުބާރާތައް އެޗްޑީސީ އިން ނުކުތްއިރު, އެ ޓީމުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.

މި މެޗުގެ ސެޓުތައް ދިޔައީ, 25-22, 25-19 އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެޗްޑީސީގެ ޒަހަންތަމީރް ޒަހީބެކް އޫލޫ އެވެ.

އިއްޔެ ކުޅުނު ތިން ވަނަ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ އިން ނުކުތީ ސިޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު, ސްޕޯޓްސް ކްލަބް ސިޓީ އިން ގެންދިޔައީ, 3-1 ސެޓުންނެވެ.

މެޗުގެ ސެޓުތައް ދިޔައީ, 25-27, 25-20, 25-17 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިޓީ ސްޕޯޓްސް ކްލަބްގެ ޕަރްނީތް ތެންދެނާ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު 15:30 ގައި ކުޅޭ މެޗުގައި އެޗްޑީސީ ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ އެވެ. އަދި 17:00 ޖަހާއިރު ޕޮލިހާއި ސިޓީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، މިރޭ 20:30 ގައި ބްލޫސް ފޯ ވޮލީބޯލް ކުޅޭނީ ސްޕޯޓްސް ކްލަބް ސިޓީއާ އެވެ.